ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުން
މި އިދާރާގެ ނަންބަރު (IUL) 426-CB/426/2017/162 (20 ނޮވެންބަރު 2017) އިޢުލާނާ ގުޅިގެން، 'ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް' އަށް ކުރިމަތިލުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށްޓަކައި، ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.
ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ހުޅުވާލެވުނު ހިލޭ ކިޔެވުމުގެ ދެ ފުރުޞަތެވެ. މި ސްކޮލަރޝިޕްގެ ދަށުން ވިލާ ކޮލެޖުގެ ޖަނަވަރީ އިންޓޭކްގެ ޕްރޮގްރާމްތަކުގެ ތެރެއިން ޑިގްރީ އަދި މާސްޓާރސް ކޯހުގައި ދެފަރާތަކަށް ހިލޭ ކިޔެވުމުގެ ފުރުޞަތުދެވޭނެއެވެ.
ވީމާ، މި ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެންބަރު 26 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 ފޯނަށް ގުޅުއްވުން އެދެމެވެ.
24 ރަބީޢުލްއައްވަލް 1439
12 ޑިސެންބަރު 2017