އިޢުލާން
މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށްހުރި ތަކެތި ނެގުމާއި ގުޅޭ
މިއަވަށުގެ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުތައް އަދި ގޯޅިމަގަށްވާ ގޮތަށް އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ރުއްގަހާއި މަގުމަތީ ބަހައްޓާފައިވާ ޖޯލިފަތި، ދާގަނޑު، ވެލި ފުނި ފަދަ ތަކެތިން މަގުން ހިނގާ ފަރާތްތަކަށާއި މަގުން ދުއްވާ އުޅަނދުތަކަށް ގެއްލުން ވަމުންދާކަމުގެ ޝަކުވާ މިއޮފީހަށް ދަނީ ލިބެމުންނެވެ.
ވީމާ، މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި 2022 ނޮވެމްބަރ 30 ގެ ކުރިން ނެގުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މިމުއްދަތުގައި މިގޮތަށް ޢަމަލުނުކޮށްފިނަމަ މިއޮފީހުން އިތުރު އެންގުމަކާއި ނުލައި މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި ނަގާނެ ވާހަކަ ދަންނަވަމެވެ.
28 ރަބިޢުލްއާޚިރު 1444
22 ނޮވެމްބަރ 2022