އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކައުންސިލް އިދާރާގައި ބޭނުންކުރެވުނު BB1A (G4183) ކާރު ސްޕެއާރގެ ގޮތުގައި ނީލަމުގައި ވިއްކާލުން

11 ޑިސެމްބަރ 2022     1 year ago


އިޢުލާން

 

ކައުންސިލް އިދާރާގައި ބޭނުންކުރެވުނު BB1A (G4183)  ކާރު ސްޕެއާރގެ ގޮތުގައި ނީލަމުގައި ވިއްކާލުން

 

  މިކައުންސިލްގައި ބޭނުންކުރެވުނު BB1A G4183 ކާރު ސްޕެއަރ ގެ ގޮތުގައި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

  ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގު: -/8000 ރުފޔާ

  ނީލަމަށް ހުށަހަޅާ އަގަށް ފަހަރަކު އިތުރުކުރެވޭނީ: މަދުވެގެން -/500 ރުފިޔާ

  ނީލަމުން ވެހިކަލް ނެންގެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ 12:00ގެ ކުރިން ކައުންސިލް އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL05 ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވެހިކަލް ނަންބަރ ޖެއްސެވުން އެދެމެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި ކާރު ސްޕެއަރގެ ގޮތުގައި ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ރަސްމީދުވަސްތަކުގެ ހެނދުނު 9.00 އިން 13:00 އާއި ދެމެދު ދުރުވުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 11 ޑިސެމްބަރ އިން 21 ޑިސެމްބަރ 2022 ގެ 12:00ގެ ނިޔަލަށެވެ.  

  ރަސްމީ ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި  މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ.

  ނީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކައުންސިލްގެ  ނަންބަރު 6885003 އަށް ގުޅުއްވުން އެދެމެވެ.

  ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބުކުރިކަން އަންގާ ލިއުން ހަވާލުކުރާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދައްކަވައި ވެހިކަލް ގެންދަވަން ވާނެއެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި މަޤްބޫލު އުޒުރެއްނެތި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރުމާއިއެކު އިދާރީގޮތުން ފިޔަވަޅު އެޅޭނެއެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޖުމާދަލްޢޫލާ 1444 

08 ޑިސެމްބަރ 2022 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/542

ޕަބްލިޝް ކުރި ތާރީޚް: 11-12-2022

ސުންގަޑި: 2022-12-21 12:00:00