އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ރަޖިސްޓްރީ ކުރުމުގެ ޢުމުރު ހަމަވާ ވެހިކަލްތައް ރަޖިސްޓްރީ ކުރުމާއި ގުޅޭ

11 ޑިސެމްބަރ 2022     1 year ago


އިޢުލާން

            

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކޮށްދެވޭނީ އެއުޅަނދެއް އުފެއްދި އަހަރުން ފެށިގެން ވަކިޢުމުރަކަށްފެތޭ އުޅަނދުފަހަރުތައް ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޤަވާޢިދު 2009/5 ގައި ވަނީ އަންގަވާފައެވެ. ވުމާއިއެކު 29 ޑިސެންބަރު 2022 ގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ޢުމުރު ހަމަވާ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި 29 ޑިސެންބަރު 2022 ގެ ފަހުން ރަޖިސްޓްރީ ކުރުމުގެ ޢުމުރު ހަމަވެފައިވާ ވެހިކަލްތަކުގެ ލިޔުންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14  ޖުމާދަލްއޫލާ 1444 ހ.

08  ޑިސެންބަރު 2022 މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2022/544

ޕަބްލިޝް ކުރި ތާރީޚް: 11-12-2022

ސުންގަޑި: 2022-12-29 14:00:00