އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

18 ޑިސެމްބަރ 2022     1 year ago


އިޢުލާން 

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން 

 

  ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް 18 ޑިސެންބަރު 2022 ދުވަހުން ފެށިގެން އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ރަސްމީ ދުވަސްތަކުގެ ހެނދުނު 9.00 އިން މެންދުރު 13.00އަށް ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޑިސެންބަރު 2022އިން 19 ޖަނަވަރީ 2023ގެ 13.00އަށް އައްޑޫސިޓީގައި އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހުންނެވެ.

  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވާ ކަނޑައެޅިފައިވާ މުއްދަތުގައި ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަވަށުއޮފީހުން ފޯމް ނަންގަވާއިރު ފޯމް ފުރިހަމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު ހޯއްދެވުން އެދެމެވެ. 

  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި އައްޑޫސިޓީގެ އަވަށުއޮފީސްތަކުން ލިބެންހުންނާނެއެވެ.  

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޖުމާދަލްއޫލާ 1444

18 ޑިސެންބަރު 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/556

ޕަބްލިޝް ކުރި ތާރީޚް: 18-12-2022

ސުންގަޑި: 2023-01-19 13:00:00