އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކައުންސިލް އިދާރާގެ ނުވިކި ހުރި ސައިކަލްތައް ނީލަންކިޔުން

15 ޖެނުއަރީ 2023     1 year ago


އިޢުލާން


ކައުންސިލް އިދާރާގެ ނުވިކި ހުރި ސައިކަލްތައް ނީލަންކިޔުން

    މިކައުންސިލްގައި ބޭނުންކުރެވުނު ބާ ވެހިކަލްތައް ނީލަމުގައި ވިއްކާލުމަށް ކުރެވުނު 03 އިޢުލާނުން ނުވިކި ހުރި  ބައެއް ސައިކަލްތައް ހުރުމާއެކު އެ ވެހިކަލްތަކުގެ އަގުތަކަށް ބަދަލު ގެނެސް އަލުން ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމެހިފައިވާ ސައިކަލްގެ މައުލޫމާތާއި، ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގު، އަދި ހުށަހަޅާ އަގަށް ފަހަރަކު އިތުރުކުރެވޭ އަގު މިއިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

   ނީލަމުން ސައިކަލް ނެންގެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:00ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL05 ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.  ސިޓީ އުރައިގެ ބޭރުގައި ސައިކަލްގެ ނަންބަރ ޖެއްސެވުން އެދެމެވެ. ނީލަން ހުށަހަޅާފޯމް NL05  މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  ވީމާ މި ސައިކަލްތައް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ރަސްމީދުވަސްތަކުގެ ހެނދުނު 9.00 އިން 13:00 އާއި ދެމެދު ދުރުވުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2023  އިން ފެށިގެން ނީލަން ނިމެންދެންނެވެ.  

   މިމުއްދަތުގެ ތެރޭގައި  ކޮންމެ ރަސްމީދުވަހު 12:00 އާއި ހަމައަށް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި  މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ.          

   ނީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކައުންސިލްގެ  ނަންބަރު 6885003 އަށް ގުޅުއްވުން އެދެމެވެ.

   ނީލަން ކާމިޔާބުކުރާ ފަރާތަކުން ނީލަން ކާމިޔާބުކުރިކަން އަންގާ ލިއުން ޙަވާލުކުރާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި މި އިދަރާއަށް ފައިސާ ދައްކަވައި ސައިކަލް ގެންދަވަން ވާނެއެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެފަރާތުގެ ހުށަހެޅުން ބާޠިލް ކުރެވޭނެއެވެ.

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޖުމާދަލްއާޚިރާ 1444

15  ޖަނަވަރީ  2023

 

ލިންކް: Iulaan-25- Cycle Neelan.pdf



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2023/25

ޕަބްލިޝް ކުރި ތާރީޚް: 15-01-2023

ސުންގަޑި: 2023-02-11 22:15:00