އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސްބަޔާން - އައްޑޫސިޓީ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

1 ފެބުރުއަރީ 2023     1 year ago


ނޫސްބަޔާން

އައްޑޫސިޓީ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

               އައްޑޫސިޓީ ފޭދޫ، ހިތަދޫ، މީދޫ އަދި ހުޅުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން ވަނީ އިޢުލާންކޮށްފައިވެއެވެ. ދެންނެވުނު އިޢުލާންތަކާ އެކު އާއްމުކޮށްފައިވާ ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމާގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ހުރުމާއެކު އެ ފޯމު ކައުންސިލުން އިސްލާޙްކޮށްފައިވެއެވެ. ކަންމިހެން ހުރިނަމަވެސް އައްޑޫއިން ގޯތި ދޫކުރުމަށް އިޢުލާންކޮށްފައިވާ އަވަށްތަކުން ގޯތި ދޫނުކުރުމަށް ނުވަތަ ގޯތި ދޫކުރުމަށް ކޮށްފައިވާ އިޢުލާންތައް ބާޠިލްކުރުމަށް ކައުންސިލުން ނިންމާފައި ނުވެއެވެ. ގޯއްޗަށް އެދޭ ފޯމަށް ބަދަލުތަކެއް ގެނެސްފައިވާތީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތައް އިތުރުކޮށްފައިވެއެވެ. އެގޮތުން މިހާރު ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ.

  1. ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚަކީ 02 ފެބުރުއަރީ 2023 އިން ފެށިގެން 28 ފެބުރުއަރީ 2023 ނިޔަލަށެވެ. އަދި ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި 09:00 އިން 13:00 އަށް ގޯތި ދޫކުރުމަށް އިޢުލާންކުރެވުނު އަވަށެއްގެ އަވަށު އޮފީހުންނެވެ.
  2. ހިތަދޫ އަވަށުން ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚަކީ 05 ފެބުރުއަރީ 2023 އިން ފެށިގެން 05 މާރިޗު 2023 ގެ ނިޔަލަށެވެ. އަދި ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި 09:00 އިން 13:00 އަށް ހިތަދޫ އަވަށު އޮފީހުންނެވެ.

               ވީމާ، އާއްމުކުރެވިފައިވާ އިޢުލާނާއި އުސޫލާ އެއްގޮތަށް ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފޯމު ބަލައިގަނެ ގޯތި ދޫކުރުމުގެ މަސައްކަތް ކައުންސިިލުން ކުރިއަށްގެންދާނެ ވާހަކަ ދެންނެވީމެވެ.

01 ފެބުރުއަރީ 2023



ބާވަތް: ނޫސްބަޔާން

ނަންބަރ: 2023/01

ޕަބްލިޝް ކުރި ތާރީޚް: 01-02-2023