އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

8 ފެބުރުއަރީ 2023     1 year ago


އިޢުލާން

 

ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

   ޤާނޫނު ނަންބަރ 2006/03 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން މަރަދޫ އަވަށު އޮފީހުގައި ހުރި ބައެއްތަކެތި ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.

   ވީމާ މި އިޢުލާނާއި އެކު އާއްމުކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންވާ އޮފީސްތަކުން 2023 ފެބްރުވަރީ 14 ވާ އަންގާރަ ދުވަހުގެ 14.00 ގެ ނިޔަލަށް ތިރީގައި މިދަންނަވާ އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދެމެވެ.

   އީމެއިލް:  [email protected]

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                         

16 ރަޖަބް 1444

07 ފެބުރުއަރީ 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3A/426/2023/61

ޕަބްލިޝް ކުރި ތާރީޚް: 08-02-2023

ސުންގަޑި: 2023-02-14 14:00:00