އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ގުޅޭ

8 ފެބުރުއަރީ 2023     1 year ago


އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން


ކައުންސިލް އިދާރާގެ ނަންބަރު (IUL)426-AB/426/2023/45  01 ފެބްރުއަރީ 2023 އިޢުލާނުގައިވާ ތާރީޙްތަކަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 7/2010 ގެ 109 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން  އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތައް ތިރީގައިވާ ޝެޑިއުލް އާއި އެއްގޮތަށް ބޭއްވުމަށް ވަނީ ހަމަޖެހިފައި(.)

 

ރައްޔިތުންގެ ބައްދަލުވުންތަކުގެ ޝެޑިއުލް:

ބައްދަލުވުން

ތާރީޚް

ތަން

ގަޑި

ހުޅުދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

16 ފެބްރުއަރީ 2023

ސ.އަތޮޅު މަދުރަސާ

20:30

މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

17 ފެބްރުއަރީ 2023

ސ.އަތޮޅު މަދުރަސާ

20:30

ފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

19 ފެބްރުއަރީ 2023

ފޭދޫ ސްކޫލް

20:30

މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

20 ފެބްރުއަރީ 2023

އިރުޝާދިއްޔާ ސްކޫލް

20:30

ހިތަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

22 ފެބްރުއަރީ 2023

އައްޑޫ ހައި ސްކޫލް

20:30

 

މިބައްދަލުވުމުގައި 2022 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، މާލީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ހިއްސާކުރެވޭނެއެވެ.

ވީމާ، މިބައްދަލުވުމުގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.

17  ރަޖަބު   1444

08  ފެބްރުއަރީ 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2023/64

ޕަބްލިޝް ކުރި ތާރީޚް: 08-02-2023

ސުންގަޑި: 2023-02-24 14:37:00