އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި އެޑްވާންސް ޕޭސްޓްރީ ކޯހެއް ހިންގައިދޭނެ އިންސްޓްރަކްޓަރެއް ހޯދުމަށް

6 މާރޗް 2018     2 years ago


އިޢުލާން

 

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ 70 އަންހެންބޭފުޅަކަށް ޕޭސްޓްރީއެޑްވާންސް ކޯހެއް ހިންގަން ބޭނުންވެއެވެ. މިކޯސްރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

  • ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު.
  • ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.
  • ކޯސް ކުރިޔަށް ގެންދާނެގޮތް.
  • ކޯހުގެ މުއްދަތު.
  • ކޯސް ހިންގައިދޭނޭ އަގު.

 މާރކުސް ދެވޭނެގޮތް:

  • އަގު      %30
  • ތަޖުރިބާ    %30
  • މުއްދަތު    %20
  • ހުށަހެޅުން   %20

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 15 މާރިޗު 2018 ވާ  ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގައި ހުންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ޖުމާދަލް ޢާޚިރާ 1439

05 މާރިޗު  2018ބާވަތް: އިއުލާން

ނަންބަރ: (IUL)WDC(2)/2018/01

ޕަބްލިޝް ކުރި ތާރީޚް: 06-03-2018

ސުންގަޑި: 2018-03-15 13:00:00