އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭ ކުއްޔަށް ދޫކުރުމަށް

6 މާރޗް 2018     2 years ago


އިޢުލާން

 

އައްޑޫސިޓީ ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މި އިމާރާތް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. މި އިމާރާތް ކުއްޔަށް ހިފާ ފަރާތުން މި ތަނާއި ގުޅިފައިވާ ކުޑަކުދިންގެ ޕާކް ބަލަހައްޓައި އެތަން މަރާމާތުކޮށް އަދި  ސާފުތާހިރުކޮށް ހަދަން ވާނެއެވެ.

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2018 މާރިޗު 11 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ނިޔަލަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މާރިޗު 11 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

18 ޖުމާދުލައާޚިރާ 1439 

06 މާރިޗު 2018ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/19

ޕަބްލިޝް ކުރި ތާރީޚް: 06-03-2018

ސުންގަޑި: 2018-03-15 12:00:00