އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހުޅުދޫ އަވަށުން ކަދުރު ބެހުމާއި ގުޅޭ

11 އެޕްރީލް 2023     1 year ago


އިޢުލާން


ކަދުރު ދޫކުރުން.

1444 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން، ހުޅުދޫގެ ރައްޔިތުންނަށް ބެހުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފޮނުއްވާފައިވާ ކަދުރު ހުޅުދޫ އަވަށު އޮފީހުގެ ފަރާތުން ވަނީ ހުޅުދޫގެ ހުރިހާ ގޭބިސީތަކަށް ބަހައި ނިންމާފައެވެ. ހުރިހާ ގޭބިސީތަކަށް ބެހުމަށްފަހުވެސް ބާކީ ކަދުރު ހުރުމާއި އެކު، ކަދުރު ބޭނުންވާ ފަރާތްތަކުން ބަލާ އަންނަ ތަރުތީބުން ކޮންމެ ގޭބިސީ އަކަށް 01 ޕެކެޓް ކަދުރު ދިނުމަށް ވަނީ ނިންމާފައެވެ.

ވީމާ، ރަސްމީ ބަންދުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00ން މެންދުރު 12:00ށް ކަދުރު ދޫކުރުމުގެ އިންތިޒާމް ހުޅުދޫ އަވަށު އޮފީހުން ހަމަޖެހިފައިވާކަން އާއްމުކޮށް އިޢްލާން ކުރަމެވެ.

20 ރަމަޟާން 1444

11 އެޕްރީލް 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426/426/2023/783

ޕަބްލިޝް ކުރި ތާރީޚް: 11-04-2023

ސުންގަޑި: 2023-04-21 13:00:00