އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޚާލަތު ބަދަލުވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

13 ޖޫން 2023     10 months ago


އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާއި ހުރެ ޚާލަތު ބަދަލުވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ.

1444 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ޙާލަތު ބަދަލުވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު: 142-C2/CIR/2023/18 (31 މޭއި 2023( ސާރކިއުލަރ އިން އެދިލައްވާފައިވެއެވެ. ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ސަބަބުތަކާއިހުރެ މިހާރުގެ ޚާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް، 17 ޖޫން 2023 ގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ސިޓީ ހުށަހަޅުއްވައި އެކަން އަންގަވައި ދެއްވުން އެދި ދެންނެވީމެވެ.

  •  ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ރަށުގައި ދިރިނޫޅޭ ފާރާތްތައް.
  •  ދަފްތަރުގައި ރަޖިސްޓަރީކުރި ފަހުން ކައިވެނީގެ ޚާލަތަށް ބަދަލުއައިސްފައިވާ (ކައިވެނިކޮށް ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  •  މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޚާލަތު ބަދަލުވެފައިވާ ފަރާތްތައް.
  •  ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ނިޔާވެފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ޢާއިލާއެއްގައި، 22 ޖޫން 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނެއް / ފިރިހެނުން ހިމެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނުން. (މި ޢާއިލާތަކުން ދަފްތަރުގައި ދެމިއޮންނަން ބޭނުންވާނަމަ އަލުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ފޯމު ހުށަހަޅަން ވާނެއެވެ.)

24 ޛުލްޤައިދާ 1444

13 ޖޫން 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2023/269

ޕަބްލިޝް ކުރި ތާރީޚް: 13-06-2023

ސުންގަޑި: 2023-06-17 14:00:00