އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ

13 ޖޫން 2023     10 months ago


އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް އިސްލާމިލް އެފެއާޒް ގެ ނަންބަރު:142-C2/CIR/2023/19 (11 ޖޫން 2023) ސަރކިއުލަރ އިން ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން، މި އަހަރު (1444) ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ. ނަމަވެސް، ފިޠުރު ޒަކާތުގެ ފައިސާ ލިބުނުކަމުގައި ވީނަމަވެސް، ތިރީގައި ދެންނެވިފައިވާ ސަބަބުތަކާއި ހުރެ މިހާރުގެ ޙާލަތަށް ބަދަލު އައިސްފައިވާ ޢާއިލާތަކުން އަލުން ފޯމު ފުރަން ޖެހޭނެއެވެ.

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ރަށުގައި ދިރިނޫޅޭ ފާރާތްތައް.
  •  ދަފްތަރުގައި ރަޖިސްޓަރީކުރި ފަހުން ކައިވެނީގެ ޚާލަތަށް ބަދަލުއައިސްފައިވާ (ކައިވެނިކޮށް ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  •  މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޚާލަތު ބަދަލުވެފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ޢާއިލާއެއްގައި، 22 ޖޫން 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނެއް / ފިރިހެނުން ހިމެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނުން.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު 12 ޖޫން 2023 އިން ފެށިގެން ހިތަދޫ އަވަށު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ 13 ޖޫން 2023 އިން 22 ޖޫން 2023 ގެ 13:00 ގެ ނިޔަލަށް ހިތަދޫ އަވަށު އޮފީހުންނެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ ފަރާތްތަކުން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވާ، ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިޔުންތައް ހަމަކޮށް ހުށަހެޅުއްވުމަށް، އަދި ކަނޑައެޅިފައިވާ މއްދަތުގައި ފޯމު ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. 22 ޖޫން 2023ގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

 

24 ޛުލްޤައިދާ  1444

13 ޖޫން 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2023/270

ޕަބްލިޝް ކުރި ތާރީޚް: 13-06-2023

ސުންގަޑި: 2023-06-22 13:59:00