އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ މާމެންދޫ ސަރަޙައްދުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ގޯތިތައް ހަވާލުކުރުން

3 ޖުލައި 2023     10 months ago


އިޢުލާން

 

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ގޯތިތައް ހަވާލުކުރުން

              އައްޑޫސިޓީގެ ހިތަދޫ މާމެންދޫ ސަރަޙައްދުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ޙަވާލުނުކުރެވި ހުރި ގޯތިތައް ހިމެނޭ ސަރަޙައްދުގެ މަގުހަދާ އިންވަކިކުރުމަށްޓަކާ ސާވޭކުރުމުގެ މަސައްކަތް ހިތަދޫ އަވަށުއޮފީހުން މިހާރުދަނީ ކުރަމުންނެވެ. ވުމާއެކު ހިތަދޫ މާމެންދޫ ސަރަޙައްދުން ގުރުއަތުން ގޯތިލިބި މިހާތަނަށް ގޯއްޗާއި ޙަވާލުވެފައިނުވާ ފަރާތްތަކުން އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހިތަދޫ އަވަށު އޮފީހަށް ވަޑައިގެން ގޯއްޗާއި ޙަވާލުވެ ވީއެންމެއަވަސް ފުރުސަތެއްގައި ގޯތީގެ ކަންމުޑި ރާނާ ގޯތި ސާފުކުރުމަށްފަހު  ގޯތީގެ ރަޖިސްޓަރީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ހިތަދޫ އަވަށު އޮފީހުގެ 6885753 ނަމްބަރު ފޯނަށެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޛުލްޙިއްޖާ 1444ހ.

02  ޖުލައި   2023މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2023/299

ޕަބްލިޝް ކުރި ތާރީޚް: 03-07-2023

ސުންގަޑި: 2023-07-31 10:48:00