އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ ހަވީރީހިގުމާއި ކަށިނަރިހިގުން ގުޅުނު ސަރަހައްދުގައި ހައްދާފައިވާ ކެޔޮގަހާއި އަލަގަސްތައް ނެގުމާގުޅޭ

7 އޯގަސްޓް 2023     8 months ago


އިޢުލާން

 

ހިތަދޫ ހަވީރީހިގުމާއި ކަށިނަރިހިގުން ގުޅުނު ސަރަހައްދުގައި ހައްދާފައިވާ ކެޔޮގަހާއި އަލަގަސްތައް ނެގުމާގުޅޭ

           ހިތަދޫ އަވަށުގެ ހަވީރީހިގުމާއި ކަށިނަރިހިގުން މިދެމަގު ރަގަޅުފެންވަރުގައި ހަދަމުންދާއިރު މިސަރަޙައްދުގައި ހައްދާފައިވާ ކެޔޮގަހާއި އަލަގަސްތައް މަގަށްއަރާގޮތަށް ހުރިކަން މިއޮފީހުން ސާވޭކޮށް ބެލިބެލުމުން ވަނީ ފާހަގަކުރެވިފައެވެ. އަދި މިދެމަގުގައި މިހާރު ފެން ހިންދާ ކާނު ހެދުމާއި ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށްވަނީ ތައްޔާރުވެފައެވެ. ވުމާއިއެކު މިސަރަޙައްދުގައި ކެޔޮގަހާއި އަލަގަސް ހެއްދުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން 08 އޮގަސްޓް 2023އިން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި 6885753 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މިއޮފީހާއި ގުޅިގެން މަތީގައި ދެންނެވުނު ދެމަގަށް އަރާގޮތަށްހުރި ކެޔޮގަހާއި އަލަގަސްތައް ނެގުމަށް ދެންނެވީމެވެ.

           އަދި މުއްދަތު ހަމަވުމަށްފަހު މަގުހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ނުނަގާ މަގަށްއަރާގޮތަށް ހުންނަ ކެޔޮގަހާއި އަލަގަސް ތަކަށްލިބޭގެއްލުމުގެ ޒިންމާ ހިތަދޫ އަވަށުއޮފީހުން ނުނަގާނެވާހަކަ ޢާންމުކޮށް އެންގުމަށްޓަކާ އިޢްލާނު ކުރީމެވެ.

20 މުޙައްރަމް  1445

07  އޮގަސްޓް 2023   



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2023/338

ޕަބްލިޝް ކުރި ތާރީޚް: 07-08-2023

ސުންގަޑި: 2023-08-10 14:00:00