އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީއިން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުމާއި، ޝަކުވާއަށް ފުރުސަތު ހުޅުވާލުން

17 އޯގަސްޓް 2023     8 months ago


އިޢުލާން

         

އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުމާއި، ޝަކުވާއަށް ފުރުސަތު ހުޅުވާލުން

          ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެދަށުން އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރުފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކުގައި ޢާއްމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައިވެސް ޝާއިޢުކުރެވިފައިވާނެއެވެ. ހަމައެއާއިއެކު މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ. ކައުންސިލުން ނިންމާފައިވަނީ ބޯހިޔާވަހިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދިނުމަށެވެ.

          ދާއިމީ ލިސްޓް ޢިއުލާންކުރުމުގެކުރިން ވަގުތީލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިއިދާރާގެ އަވަށުއޮފީސް ތަކުން ކުރަމުން ގެންދާނެވާހަކަ ދަންނަވަމެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު، ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤުރާރުގައި ވާގޮތުގެމަތީން ޢަމަލުކުރެވޭނެއެވެ. އެހެންކަމުން ފޯމުގައިދީފައިވާ މަޢުލޫމާތު ކަށަވަރުކުރުމަށް މިއިދާރާގެ އަވަށު އޮފީސްތަކުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލެއެއްވުން ދެއްވުމަށް ދަންނަވަމެވެ.

         ވަގުތީލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ފޯމުލެއްވި އަވަށު އޮފީހަށް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު 20 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 27 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 12:00އަށް ހުޅުވާލެވިފައިވާނެއެވެ. ޝަކުވާ ހުށަހަޅާ ފޯމް އަވަށުއޮފީހުން ލިބެންހުރުމާއިއެކު މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ސަފަރު 1445

17 އޮގަސްޓް 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/353

ޕަބްލިޝް ކުރި ތާރީޚް: 17-08-2023

ސުންގަޑި: 2023-08-27 12:00:00