އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ ފޭދޫ އިން 4 ބިމާއި މަރަދޫފޭދޫއިން 1 ބިން ކުއްޔަށް ދޫކުރުން

20 އޯގަސްޓް 2023     8 months ago


އިޢުލާން

         

އައްޑޫ ސިޓީ ފޭދޫ އިން 4 ބިމާއި މަރަދޫފޭދޫއިން 1 ބިން ކުއްޔަށް ދޫކުރުން

ތިރީގައި އެވާ ބޭނުންތަކަށް އައްޑޫ ސިޓީ ފޭދޫ އަވަށުން 4 ބިމާއި  މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، މިބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ނަންބަރު

އަވަށް

ތަފްޞީލު   

ކުއްޔަށް ދޫކުރާ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓު)

1

ސ.ފޭދޫ

ކުރީގެ ކުޑަކުދިންގެ ޕާރކުގެ ބިން (ބިމުގައި ހުރި ހަޓާއެކު)

ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް

2516.3

2

ސ.ފޭދޫ

ކުލީ ބިން E1

ޢާއްމު ވިޔަފާރި ކުރުމަށް

1302

3

ސ.ފޭދޫ

ކުލީ ބިން E2

ޢާއްމު ވިޔަފާރި ކުރުމަށް

1113

4

ސ.ފޭދޫ

ކުލީ ބިން E3

ޢާއްމު ވިޔަފާރި ކުރުމަށް

1011

5

ސ.މަރަދޫފޭދޫ

ކުލީ ބިން 3

ޢާއްމު ވިޔަފާރި ކުރުމަށް

1500

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

މަޢުލޫމާތު ޝީޓި އާއި ބީލަން ފޯމް ދޫކުރުން 

ބީލަން ހުށަހެޅުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

 

ތާރީޚް / މުއްދަތު އަދި ގަޑި:

21 އޮގަސްޓް 2023އިން 29 އޮގަސްޓް 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 14:00އަށް

ބިޑު ގަންނަން ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިން ނުވަތަ ޢިމާރާތާއި ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ޝީޓު އަދި ބީލަން ހުށަހަޅާ ފޯމް ސޮފްޓް ކޮޕީ ފޯމެޓުގައި މިއިދާރާއިން މެއިލް ކުރެވޭނެއެވެ.  

 

 

 

ތާރީޚް / މުއްދަތު އަދި ގަޑި:

21 އޮގަސްޓް 2023އިން 29 އޮގަސްޓް 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 14:00އަށް

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

 

 

 

 

 

 

ތާރީޚާއި ގަޑި:

10 ސެޕްޓެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00

 

މި ބިންތައް ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތަކުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

04   ޞަފަރު    1445

20  އޮގަސްޓް    2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/354

ޕަބްލިޝް ކުރި ތާރީޚް: 20-08-2023

ސުންގަޑި: 2023-08-29 14:00:00