އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ އިން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރުން

5 ސެޕްޓެމްބަރ 2023     7 months ago


އިޢުލާން

އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރުން

ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެދަށުން އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކުގައި ޢާންމުކުރެވިފައިއެވަނީއެވެ. މިލިސްތުގައިހިމެނޭ ފަރާތްތަކަށް ގޯތިދޫކުރެވޭނީ ދެމަރުޙަލާއަކަށް ބައިކުރެވިގެންނެވެ. ފުރަތަމަ މަރުޙަލާގައި ގޯތިދޫކުރެވޭނީ ގޯތިދޫކުރުމަށް ފުރުސަތުހުޅުވާ ކުރެވުނު އިޢުލާނުގައިވެސްވާފަދައިން އައްޑޫގެ 4އަވަށަކުން ޖުމަލަ  1000ގޯތި (ހިތަދޫއިން 500ގޯތި، ފޭދޫއިން 300ގޯތި، ހުޅުދޫއިން 100ގޯތި، އަދި މީދޫއިން 100ގޯތި) އެވެ. ލިސްޓުގައިހިމެނޭ އެހެންފަރާތްތަކަށް ދެވަނަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭންހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައެވެ. ކައުންސިލްގެ އަމާޒަކީ 2024 ޖޫންމަހުގެ ނިޔަލަށް މިހާރު ޢާންމުކުރެވިފައިމިވާ ލިސްޓުގައިހިމެނޭ ހުރިހާފަރާތްތަކަށް ގޯތިދޫކޮށް ނިންމުމެވެ.

މަސައްކަތްކުރަމުން މިގެންދަނީ،ފުރަތަމަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1000ގޯތި ދޫކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިދާރީމަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް ޑިސެމްބަރުމަސް ނިމުމުގެކުރިން ގޯތިތައް ލިބެންޖެހޭފަރާތްތަކަށް ޙަވާލުކޮށް ނިންމުމަށެވެ.

 ޢާންމުކުރެވިފައިވާ، ޝަރުޠު ފުރިހަމަވާމީހުންގެ ދާއިމީލިސްޓު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައިވެސް އާންމުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

Hithadhoo A: HITHADHOO CATEGORY A.pdf

Hithadhoo B: HITHADHOO CATEGORY B.pdf

Feydhoo A: FEYDHOO CATEGORY A.pdf

Feydhoo B: FEYDHOO CATEGORY B.pdf

Hulhudhoo A: HULHUDHOO CATEGORY A.pdf

Hulhudhoo B: HULHUDHOO CATEGORY B.pdf

Meedhoo A: MEEDHOO CATEGORY A.pdf

Meedhoo B: MEEDHOO CATEGORT B.pdf

20 ޞަފަރު 1445

05 ސެޕްޓެމްބަރ 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/407

ޕަބްލިޝް ކުރި ތާރީޚް: 05-09-2023

ސުންގަޑި: 2023-09-05 14:07:00