އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ހުޅުދޫއިން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

5 ސެޕްޓެމްބަރ 2023     7 months ago


އިޢުލާން

އައްޑޫސިޓީ ހުޅުދޫއިން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

            ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެތެރެއިން  A,Bކެޓަގަރީގައި ދޫނުކުރެވި ބާކީހުރި 8 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ކޮންމެ ކެޓަގަރީއަކުން ދޫކުރެވޭނެ ފްލެޓްގެ ޢަދަދު ތިރީގައި މިވަނީއެވެ.

ކެޓަގަރީ

ޚާއްޞަކުރެވޭ ފަރާތްތައް

ފްލެޓްގެ ޢަދަދު

A

ހުޅުދޫ އަދި މީދޫގެ ރައްވެހިންނަށް

6

B

ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ އެދެއަވަށުގެ ރައްވެހިންނޫން ފަރާތްތަކާއި ހުޅުދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން އަވަށްތަކުގެ މީހުންނަށް

2

 

       މި ފްލެޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުޞޫލު އަދި ފްލެޓްގެ ފްލޯރ ޕްލޭން ހިމެނޭ ކުރެހުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ.

       ވީމާ، ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު، 21 ސެޕްޓެމްބަރ 2023 ވާބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

       ފޯމު ދޫކޮށް އަދި ބަލައިގަންނާނީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. އެދެއަވަށުގެ އަވަށުއޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 13:30 އަށެވެ. ތިރީގައި މިވާ އީމެއިލް މެދުވެރިކޮށް، އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީޑީއެފް ފޯމެޓްގައި ހުށަހަޅުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯމުތައް ލިބުނުކަން ކަށަވަރުކުރުމަކީ ހުށަހަޅުއްވާ ފަރާތެއްގެ ޒިންމާއެކެވެ.

      މިކަމަށް އެދޭ ފޯމު ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.adducity.gov.mv  އިންވެސް ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  • އީމެއިލް އެޑްރެސް: [email protected]
  • އިތުރު މަޢުލޫމާތު: 6894655      

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

Flat dhookurumuge usoolu.pdf

Flat drawing 1.pdf

Flat drawing 2.pdf

FORM CAT A.pdf

FORM CAT B....pdf

20   ސަފަރު   1445

05 ސެޕްޓެމްބަރ 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/406

ޕަބްލިޝް ކުރި ތާރީޚް: 05-09-2023

ސުންގަޑި: 2023-09-21 14:00:00