އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހުޅުދޫ އަވަށުގައި ގާޑިޔާ ވިޔަފާރިއަށް ފުރުޞަތު ހުޅުވައިލުން

9 ނޮވެމްބަރ 2023     5 months ago


އިޢުލާން


ގާޑިޔާ ވިޔަފާރިއަށް ފުރުޞަތު ހުޅުވައިލުން

      އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 2021/02 " އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ ދަށުން ގާޑިޔާ ވިޔަފާރިކުރުމަށްޓަކައި، ތިރީގައި މިދަންނަވާ ސަރަހައްދުތަކުގައި ގާޑިޔާ ވިޔަފާރިއަށް  ވަގުތީ ހުއްދަ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

        ޕްލޮޓަށް އެދި  ހުށަހަޅާ ފަރާތްތަކުގެ އަދަދު 6 (ހައެއް) އަށް ވުރެ އިތުރުވާނަމަ ޕްލޮޓް ދޫކުރެވޭނީ ގުރުއަތުލައިގެންނެވެ. އަދި ގާޑިޔާ ސަރަޙައްދު ކަނޑައަޅާނީވެސް ގުރުއަތުލައިގެންނެވެ. 

ގާޑިޔާ ނަންބަރު

ސަރަހައްދު

ގާޑިޔާ ނަންބަރު

ސަރަހައްދު

G01

ފްލެޓް އިމާރާތުގެ ދެކުނު ހުޅަނގު އަތިރި މަތި

G04

ފޮކޮޅެމަގު އިރުން އަތިރި މަތި

G02

ކަނޑޫއެޅެ ސަރަޙައްދު

G05

އުރީދޫ އެންޓަނާ ކައިރި

G03

ހުސައިނާ ފަންނު / ބޮނޑޮގޭ ފަންނު

G06

މާފިށި ނިމޭ ސަރަޙައްދު

 

      ވީމާ، މަތީގައި ދެންނެވިފައިވާ ސަރަހައްދުތަކުގައި ގާޑިޔާ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ނޮވެމްބަރ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުޅުދޫ އަވަށު އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ގާޑިޔާ ވިޔަފާރީގެ ހުއްދަ އަށް އެދޭ ފޯމް ރަސްމީގަޑީގައި ހުޅުދޫ އަވަށު އޮފީހުން ލިބެން ހުންނާނެއެވެ.

      ސަރަހައްދުތައް ފާހަގަކޮށްފައިވާ ޗާޓާއި އަދި ގާޑިޔާ ވިޔަފާރީގެ ހުއްދައަށް އެދޭ ފޯމް މި އިޢުލާނާއެކު ޢާއްމުކުރީމެވެ.

 

24  ރަބީޢުލްއާޚިރު  1445

08    ނޮވެންބަރ  2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6A/426/2023/479

ޕަބްލިޝް ކުރި ތާރީޚް: 09-11-2023

ސުންގަޑި: 2023-11-16 14:00:00