އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - " އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2023 " މުބާރާތް ކައުންސިލާއި ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ

13 ނޮވެމްބަރ 2023     5 months ago


އިޢުލާން


" އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2023 " މުބާރާތް

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން " އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2023 " ފުޓްބޯޅަ މުބާރާތް ކައުންސިލާއި ގުޅިގެން ހިންގަވާ ދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އަދި މުބާރާތް ހިންގަވާ ދެއްވުމަށް އެންމެ ރަގަޅު ޕްރޮޕޯޒަލެއް ހުށަހަޅުއްވާ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް މުބާރާތް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުން ހަވާލުކުރެވޭނެއެވެ. މި މުބާރާތް ހިންގަވާ ދެއްވުމަށް ޝައުގުވެރިވެލައްވާ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުން (ނަމާއި، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ފޯނު ނަންބަރު އަދި އީ-މެއިލް އެޑްރެސް) 2023 ނޮވެންބަރު 16ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް، މި އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަންގެ މެއިލް އެޑްރެސް[email protected]  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މުބާރާތް ހިންގަވާ ދެއްވުމަށް ޝައުގުވެރިވެލައްވާ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުން 2023 ނޮވެންބަރު 23ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް، މަތީގައި ދެންނެވިފައިވާ އީ-މެއިލް އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ އީ-މެއިލް އެޑްރެހަށް (ނަމާއި، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ފޯނު ނަންބަރު އަދި އީ-މެއިލް އެޑްރެސް) މެއިލް ކުރެއްވުން އެދެމެވެ.       

28 ރަބީޢުލްއާޚިރު  1445

12 ނޮވެންބަރު    2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2023/484

ޕަބްލިޝް ކުރި ތާރީޚް: 13-11-2023

ސުންގަޑި: 2023-11-16 14:00:00