އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫސިޓީގެ ހިތަދޫ އަވަށު މަސްމާރުކޭޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

20 ނޮވެމްބަރ 2023     5 months ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. އައްޑޫސިޓީގެ ހިތަދޫ އަވަށު މަސްމާރުކޭޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2023  ނޮވެންބަރު 21 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 2023 ނޮވެންބަރު 27 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.

  3. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ.

  4. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 ނޮވެންބަރު 21 ވާ އަންގާރަ ދުވަހުގެ 10.00 އިން ފެށިގެން 2023 ނޮވެންބަރު 29 ވާ ބުދަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

  5. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 2023 ނޮވެންބަރު 29 ވާ ބުދަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

  6. މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 7،800.00ރ ( ހަތްހާސް އަށްސަތޭކަ ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

  7. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 ޑިސެންބަރު 10 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

     8. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected] 

 

06 ޖުމާދުލްޢޫލާ 1445

20 ނޮވެންބަރު 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2023/495

ޕަބްލިޝް ކުރި ތާރީޚް: 20-11-2023

ސުންގަޑި: 2023-11-27 14:00:00