އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ރެކްރިއޭޝަން ކްލަބްގެ ކެންޓީނު ހިންގައި ދެއްވާނެ ފަރާތެއް ހޯދުން

22 ނޮވެމްބަރ 2023     5 months ago


އިޢުލާން

ރެކްރިއޭޝަން ކްލަބްގެ ކެންޓީނު ހިންގައި ދެއްވާނެ ފަރާތެއް ހޯދުން  

 

އައްޑޫސިޓީ ކައުންސިލް އިދާރާގެ ރެކްރިއޭޝަން ކްލަބުގެ ކެންޓީން އައުޓްސޯސްކޮށް ހިންގުމަށްބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، ރެކްރިއޭޝަން ކްލަބުގެ ކެންޓީން ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކެންޓީނު ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ޕްރޮޕޯސަލާއެކު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްސެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސެޝަން އަދި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށެވެ.

އިންފޮމޭޝަން ސެޝަން 

28 ނޮވެމްބަރު 2023 ވާ އަންގާރަ ދުވަހުގެ، ހެދުނު 10:00

ޕްރޮޕޯސަލް ހުށަހެޅުން

06 ޑިސެންބަރ 2023 ވާ ބުދަ ދުވަހުގެ، ހެދުނު 10:00

 

ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ. 

80 ޖުމާދަލްއޫލާ 1445

22 ނޮވެމްބަރު 2023



ބާވަތް: އިއުލާން

ނަންބަރ: ACCWRC/IUL/2023/02

ޕަބްލިޝް ކުރި ތާރީޚް: 22-11-2023

ސުންގަޑި: 2023-11-28 22:00:00