އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

30 ނޮވެމްބަރ 2023     5 months ago


އިޢުލާން

                                                

2021 އަދި 2022 ވަނަ އަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ.

 

                        އިސްލާމިކް މިނިސްޓްރީގެ ނަންބަރ: 142-C2/CIR/2023/30 ސަރކިއުލަ ގައިވާ ގޮތަށް 2021 އަދި 2022 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނަގަންނަ ފޯމު" ހުށަހެޅުމުގެ ފުރުސަތު 29 ނޮވެމްބަރ 2023 އިން ފެށިގެން ހުޅުވާލަމެވެ. އަދި 25 ޑިސެމްބަރ 2023 ގެ ކުރިން ފޯމް ފުރިހަމަކޮށް، ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލާތު ދެނަގަންނަ ފޯމު" ހުށަހެޅުމަށް ދަންނަވަމެވެ.

  1. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލްކޮށްފައިވާ ފަރާތްތައް.
  2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން، 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ ޢާއިލާތައް.

ފޯމުތައް ބަލައިގަންނާނީ 3 ޑިސެމްބަރ 2023ވަނަ ދުވަހުން ފެށިގެން 25 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 އަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

16  ޖުމާދަލްއައްވަލް  1445

30    ނޮވެމްބަރ   2023

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-5A/426/2023/180

ޕަބްލިޝް ކުރި ތާރީޚް: 30-11-2023

ސުންގަޑި: 2023-12-25 13:00:00