އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫއިން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓް ޢާއްމުކުރުމާއި، ޝަކުވާއަށް ފުރުސަތު ހުޅުވާލުން

30 ނޮވެމްބަރ 2023     4 months ago


އިޢުލާން

         

އައްޑޫސިޓީ ފޭދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓް ޢާއްމުކުރުމާއި، ޝަކުވާއަށް ފުރުސަތު ހުޅުވާލުން

އައްޑޫސިޓީ ފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު ހުޅުވާލާ ޢާއްމުކުރެވުނު އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު:(IUL)426-AB/426/2023/37 (23 ޖަނަވަރީ 2023)ގެ އިޢުލާނުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް އެނގޭނެ ލިސްޓު މި އިޢުލާނާއެކު އާންމުކުރީމެވެ.

މިލިސްޓާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާނަމަ، އެޝަކުވާއެއް 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޝަކުވާ ހުށަހަޅުއްވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. ޝަކުވާ ހުށަހަޅާ ފޯމް މި އިޢުލާނާއެކު ޢާއްމުކުރެވިފައިވާނެއެވެ.

ބުނެވިދިޔަ މުއްދަތު ތެރޭގައި ހުށަހަޅާ ޝަކުވާތަކަށް ރިޢާޔަތްކޮށް، ގޯތީގެ ގުރުނެގުމުގެ ކުރިން ނުވަތަ ގޯތި ޙަވާލުކުރުމުގެ ކުރިން ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ ވުޒާރާއަކުން ލިބޭ އެފަރާތްތަކުގެ ބޯހިޔާވަހިކަމުގެ މަޢުލޫމާތަށް ބިނާކޮށް، މި އިޢުލާނާއެކު ޢާއްމުކުރެވޭ ލިސްޓުގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމުގެ ނުވަތަ ލިބިފައިވާ ޕޮއިންޓަށް އުނިއިތުރު އައުން އެކަށީގެންވާ ކަމުގައި ދަންނަވަމެވެ. 

މީގެއިތުރުން ބުނެވިދިޔަ މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކޮށް، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް ކައުންސިލުން އާންމުކުރުމުގެ ކުރިން، މިހާރު ޝަރުތުހަމަވެ، ގޯތި ލިބޭ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ، އެ ދެމަފިރިންގެ ތެރެއިން ގޯތި ލިބޭ ފަރާތް އުޞޫލުގައިވާ ގޮތުގެ މަތިން ކަނޑައަޅައި، ގޯތި ނުލިބޭ ފަރާތް އުނިކުރެވޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

އަދި އައްޑޫސިޓީގެ އެކި އަވަށްތަކުން ގޯއްޗަށް އެދި ހުޅުވާލުމުން އެއް އަވަށަށްވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް އެފަރާތުން އެދޭ އެއް އަވަށެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ބާކީހުރި އަވަށްތަކުގެ ލިސްޓުން އެފަރާތްތައް އުނިކުރެވޭނެ ކަމުގައި ދަންނަވަމެވެ. 

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމު ކުރުމަށް ހަމަޖެހިފައިވަނީ ޝަކުވާގެ  މުއްދަތު ހަމަވާތާ، ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ. އަދި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުމަށްފަހު، ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްވަނީ ނިންމާފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޖުމާދަލްޢޫލާ  1445

30  ނޮވެމްބަރު  2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/521

ޕަބްލިޝް ކުރި ތާރީޚް: 30-11-2023

ސުންގަޑި: 2023-12-05 13:00:00