އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ އަވަށުގައިވާ ފެންހިންދާ ނިޒާމުގައި ގުޅާފައިވާ ޕަމްޕްތައް އަޕްގްރޭޑް ކުރުމަށްޓަކައި ބޭނުންވާ 02 ޕަމްޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

5 ޑިސެމްބަރ 2023     4 months ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު
 

  1. އައްޑުސިޓީ ފޭދޫ އަވަށުގައިވާ ފެންހިންދާ ނިޒާމުގައި ގުޅާފައިވާ ޕަމްޕްތައް އަޕްގްރޭޑް ކުރުމަށްޓަކައި ބޭނުންވާ 02 ޕަމްޕް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް، މި އިދާރާއިން ކުރި ނަމްބަރު (IUL)426-AA/426/2023/451 އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެމްބަރު 05 ވާ އަންގާރަ ދުވަހުގެ 10:00 ފެށިގެން 2023 ޑިސެމްބަރު 12 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected])) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 ޑިސެމްބަރު 05  ވާ އަންގާރަ ދުވަހުގެ 10:00 ފެށިގެން 2023 ޑިސެމްބަރު  13 ވާ ބުދަ ދުވަހުގެ 14:00  އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 ނޮވެމްބަރު 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 ޑިސެމްބަރު 21 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

20 ޖުމާދުލްއޫލާ 1445
04 ޑިސެމްބަރު 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2023/527

ޕަބްލިޝް ކުރި ތާރީޚް: 05-12-2023

ސުންގަޑި: 2023-12-12 13:00:00