އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2023 " މުބާރާތާގުޅޭ

31 ޑިސެމްބަރ 2023     3 months ago


އިޢުލާން

 

"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2023 " މުބާރާތާގުޅޭ

އައްޑޫގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި، ކުޅިވަރުގެ ރޫޙް އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި، ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި، އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2023" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ހަމަޖެހިފައިވާގޮތުން މި މުބާރާތް އޮންނާނީ 26 އޭޕްރީލް 2024 އިން ފެށިގެން އައްޑޫ ސްޓޭޑިއަމްގައެވެ.

މި މުބާރާތުގެ އެންމެހާ ކަންކަން މި ކައުންސިލާގުޅިގެން ވިލަރެސްކޮށް އިންތިޒާމްކުރާނީ "ޔުނިޓީ ފައުންޑޭޝަން" އިންނެވެ. މުބާރާތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް www.footballmaldives.com އިން ލިބިވަޑައިގަންނަވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކުން ތިރީގައިއެވާ ސުންގަޑިތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

  • ބައިވެރިވާނެކަމުގެ ޝައުގުވެރިކަން ފާޅުކުރުން – 25 ޖެނުއަރީ 2024
  • ކުޅުންތެރިންގެ ލިސްޓު ހުށަހެޅުން – 25 ފެބްރުއަރީ 2024
  • ކުޅުންތެރިންނާއި އޮފިޝަލުންގެ ލިސްޓަށް ބަދަލުގެނައުން – 14 އޭޕްރީލް 2024
  • ޓީމްތަކުގެ މެދުގައި ގުރުއަތުނެގުން – 19 އޭޕްރީލް 2024

ވީމާ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު އަރުވަމެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙްމަދު އަޒްމީ (9993090) އާ ގުޅުއްވުން އެދެމެވެ.

18 ޖުމާދަލް އާޚިރާ  1445

31 ޑިސެންބަރު    2023

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2023/571

ޕަބްލިޝް ކުރި ތާރީޚް: 31-12-2023

ސުންގަޑި: 2024-01-25 02:00:00