އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލުން

14 ޖެނުއަރީ 2024     3 months ago


އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން 01 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަވަށު އޮފީސްތަކުން (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، މީދޫ، ހުޅުދޫ އަވަށުއޮފީސް) ނެވެ. އަދި ދަފުތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާ ފޯމް އެއަވަށެއްގެ އަވަށު އޮފީހުން، އަދި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު www.islamicaffairs.gov.mv އިންނާއި، މިއިދާރާގެ www.adducity.gov.mv  އިން ލިބެން ހުންނާނެއެވެ.

03 ރަޖަބު 1445

14 ޖަނަވަރީ 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2024/26

ޕަބްލިޝް ކުރި ތާރީޚް: 14-01-2024

ސުންގަޑި: 2024-02-01 14:00:00