އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މެރިޓައިމް އިންސްޓިޓިއުޝަންގެ ފަރާތުން އައްޑޫސިޓީގައި ނިޔަމިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

17 ޖެނުއަރީ 2024     3 months ago


    އިޢުލާން          

            

           މެރިޓައިމް އިންސްޓިޓިއުޝަންގެ ފަރާތުން އައްޑޫސިޓީގައި ނިޔަމިކޯސް ހިންގުމަށް އެއިންސްޓިޓިއުޝަންގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. ވީމާ، ނިޔަމި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަންގެ ވައިބަރ ނަންބަރު ( 7385003 ) އަށް އައިޑީކާޑުގެ ކޮޕީ އާއި ގުޅޭނެ ނަންބަރު އެގޭގޮތަށް ވައިބަރ ކޮށް ދެއްވުން އެދެމެވެ.

             އަދި މިކޯހުގެ ފީ އާއި ކޯސް ކުރިއަށް ގެންދެވޭނެ މުއްދަތު ސާފު ކުރެއްވުމަށް މިއިދާރާގެ ނަންބަރު ( 6885003 ) އިން ޓްރާންސްޕޯޓް ސެކްޝަނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

                    06   ރަޖަބު   1445 ހ.

                    17  ޖަނަވަރީ   2024 މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2024/32

ޕަބްލިޝް ކުރި ތާރީޚް: 17-01-2024

ސުންގަޑި: 2024-01-17 14:00:00