އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ކައުންސިލް އެގްޒެކެޓިވް (ސޯޝަލް، އެންވަޔަރަންމަންޓް އެންޑް ހައުސިންގ ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ)

24 ޖެނުއަރީ 2024     3 months ago


ވަޒީފާގެ ފުރުސަތު

މަޤާމް:

ކައުންސިލް އެގްޒެކެޓިވް

މަޤާމު ނަންބަރު:

J-389067

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސޯޝަލް، އެންވަޔަރަންމަންޓް އެންޑް ހައުސިންގ ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

8835/- ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • -/1100 ރުފިޔާ – ސަޕޯޓިންގ ކޯ އެލަވަންސް 2
  • މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
  3. ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ސޯޝަލް، އެންވަޔަރަންމަންޓް އެންޑް ހައުސިންގ ސެކްޝަންގެ އިދާރީ އެންމެހާ ކަންތައްތައް ރާވައި، ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން.
  4. ސޯޝަލް އެފެއާޒް ޔުނިޓްތަކުގެ ހެޑުންގެ ގޮތުގައި މަސައްކަތްކުރައްވާ މުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކޮށް ބެލެހެއްޓުމާއި މެންޑޭޓުގައި ހިމެނޭ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ޔުނިޓް ހެޑުންނަށް ބޭނުންވާ ލަފައާއި މަޝްވަރާ އާއި އިރުޝާދުދިނުން.
  5. އެންވަޔަރަންމަންޓް ޕްރޮޓެކްޝަން ޔުނިޓްތަކުގެ ހެޑުންގެ ގޮތުގައި މަސައްކަތްކުރައްވާ މުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކޮށް ބެލެހެއްޓުމާއި މެންޑޭޓުގައި ހިމެނޭ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ޔުނިޓް ހެޑުންނަށް ބޭނުންވާ ލަފައާއި މަޝްވަރާ އާއި އިރުޝާދުދިނުން.
  6. ލޭންޑް އެންޑް ހައުސިންގ ޔުނިޓްތަކުގެ ހެޑުންގެ ގޮތުގައި މަސައްކަތްކުރައްވާ މުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކޮށް ބެލެހެއްޓުމާއި މެންޑޭޓުގައި ހިމެނޭ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ޔުނިޓް ހެޑުންނަށް ބޭނުންވާ ލަފައާއި މަޝްވަރާ އާއި އިރުޝާދުދިނުން.
  7. އަލަށް އުފަންވަ ކުދިންނާއި މަރުވާމީހުންގެ ރެކޮޑް އަދާހަމަކޮށް ބެލެހެއްޓުމާއި، އުފަންވާ އަދި މަރުވާ މީހުން ތަފާސް ހިސާބު ނަގައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ އިތުރުން، ރަށްވެހިނާއި ރަށްވެހިނުވެ ދިރިއުޅެމުންދާ މީހުންގެ ދަފްތަރު އަދާހަމަކުރުމާއި، އެއްރަށުން އަނެއް ރަށަށް ބަދަލުވާ މީހުންގެ ރަށްވެހިކަން ބަދަލުކުރުމުގެ މަސައްކަތް ހިންގުމާއި، ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމުގެ މަސައްކަތް ފަދަ ރަށްވެހިކަމާގުޅޭ އެންމެހައި މަސައްކަތް މޮނިޓަރކުރުން.
  8. އައްޑޫސިޓީގެ ރައްވެހިންނަށް ބެހުމަށް އެކިއެކި ފަރާތްތަކުން ހަދިޔާކުރާ ތަކެތި ބެހުމުގެ މަސައްކަތް މޮނިޓަރކުރުން.
  9. ސިޓީގައި އަމާން އަދި ސުލްހަވެރި ވެށްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާއި ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމާއި ސިޓީގައި އަމާން އަދި ސުލްހަވެރި ވެށްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާއި ގުޅިގެން ކުށްމަދުކުރުމަށް ޕްރޮގްރާމް ހިންގުމުގެ އިތުރުން ރަށްވެހިކަމުގެ ރޫހު ދިރުވުމަށާއި ގައުމިއްޔަތު ކުރިއެރުވުމުގެ ޕްރޮގްރާމް ހިންގުމުގެ މަސައްކަތް މޮނިޓަރކުރުން.
  10. ކައުންސިލްގެ އިޙްތިޞާޞް ތެރޭގައި ހިމެނޭ ކަންކަމާއި ގުޅިގެން އެއްވެސް މީހަކު ޤާނޫނާއި ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ ފުލުހުންގެ އެހީތެރިކަމާއެކު އެކަމެއް ތަޙުޤީގު ކުރުވުމާއި ޝަރުޢީ ކޯޓްތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމުގައި ޝަރުޢީ ކޯޓްތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުމާއި ކަރެކްޝަނަލް ސަރވިސްއާ ޙަވާލުކުރަންޖެހޭ ކުށްވެރިން އެ އިދާރާއާ ހަވާލުކުރުމުގެ އިންތިޒާމުތަށް މޮނިޓަރކުރުން.
  11.   މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މަސައްކަތް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް، އައްޑޫ ސިޓީގައި ހިންގުމުގެ މަސައްކަތް ކޯޑިނޭޓްކުރުމާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކާއި ކްލަބް ޖަމިއްޔާ ޖަމާޔަތްތަކުން އައްޑޫ ސިޓީގައި ހިންގާ މަސައްކަތްތައް ވިލަރެސްކުރުން.
  12. ކައުންސިލް ޓްރަސްޓް ފަންޑާ ގުޅޭ އިޖުތިމާޢީ ކަންތައްތަކާއި އަންހެނުން ބާރުވެރިކުރުވުމަށް ހިންގޭ ހަރަކާތްތައް ރާވާ ހިންގުމުގެ މަސައްކަތް މޮނިޓަރކުރުން.
  13. އެކިއެކި ދާއިރާތަކުން ކައުންސިލްގެ އިދާރާއާއި ގުޅިގެން ސިޓީގައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ކޯޑިނޭޓް ކޮށް ދިނުމާއި އެފަދަ ޕްރޮގްރާމްތަކަށް ވަޑައިގަންނަވާ ވަފްދުތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން، އެކިއެކި މުވައްސަސާތަކުން ކައުންސިލްގެ އިދާރާއާއި ގުޅިގެން އިންތިޒާމްކުރެވޭ އިޖުތިމާއީ ހަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަމުގެ އިންތިޒާމުތައް ހަމަޖައްސައި މޮނިޓަރކުރުން.
  14. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ އަދި ކައުންސިލްގެ އިދާރާއާއި ގުޅިގެން އިންތިޒާމްކުރެވޭ ޖަލްސާތަކާއި ބައްދަލުވުންތަކާއި ސެމިނަރތަކާއި ވޯރކްޝޮޕްތަކާއި އެގްޒިބިޝަން ފަދަ އެންމެހައި ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖައްސައި މޮނިޓަރކުރުން.
  15. ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގުމާއި އެކިއެކި މުވައްސަސާތަކުން ކައުންސިލްގެ އިދާރާއާއި ގުޅިގެން އައްޑޫސިޓީގައި ފާހަގަކުރެވޭ ދުވަސްތަކާއި މުނާސަބާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަމުގެ އިންތިޒާމް ހަމަޖައްސައި މޮނިޓަރކުރުން
  16. ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާގުޅިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަންގާ އެންގުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ހިންގުމާއި ސޯޝަލް ސަޕޯޓް ޑެސްކުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މޮނިޓަރކުރުން.
  17. އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ހަދާފައިވާ މެނޭޖްމަންޓް ޕްލޭންގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން ތަންފީޒުކުރުވުމާއި އައްޑޫސިޓީ ކައުންސިލަށާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަދި އީ.ޕީ.އޭ އަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ޤަވާއިދުން އެކުލަވާލައި ރިޕޯޓްކުރުމުގެ މަސައްކަތް މޮނިޓަރކުރުން
  18. އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް އަންނަމުންދާ ބަދަލުތައް މޮނިޓާރކޮށް ބެލެހެއްޓުމާއި، މި ތަންތަނުގެ ހާލަތު ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ރާވައި ހިންގުވައި މޮނިޓަރކުރުން.
  19. އައްޑޫ ސިޓީގެ ބަޔޮސްފިއަރ ރިޒާވް ގެ ލަގަބު ދެމެހެއްޓުމަށްޓަކައި، ބަޔޮސްފިއަރ ރިޒާވްގެ އެންމެހާ ފަންކްސަސްތައް ތަންފީޒުކުރުން، އަދި މިކަމާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، އެކްޝަން ޕްލޭންސް ތައް އެކުލަވާލައި، ކަމާއިބެހޭ ފަރާތްތަކާއި އެކު ތަންފީޒުކުވުމުގެ މަސައްކަތް މޮނިޓަރކުރުން.
  20. ބިމާއިބެހޭ އެންމެހާ ކަންކަން ހިނގަމުންދަނީ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށްތޯ މޮނިޓަރކޮށް ބެލެހެއްޓުމާއި އާބާދުކުރެވިފައިވާ އަވަށްތަކާއި އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކުގެ ބިނާވެށީގެ ފެންވަރު ރަނގަޅުކުރުމަށް (އަރބަން ރިވައިޓަލައިޒޭޝަން) ބޭނުންވާ ބިން ނުވަތަ ޖާގަ ކަނޑައެޅުމާއި، އެފަދަ ތަންތަން ތަރައްޤީކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން
  21. ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނާއި ލޭންޑް ޔޫޒް ޕްލޭނާއި ތަޢާރުޟުނުވާ ގޮތުގެމަތިން ބިމާބޭހޭ ވުޒާރާއިން ކަނޑައަޅާގޮތަކަށް ބިން ދޫކުރުމާއި، ބިމާއި އިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުންގެ މަތިން އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އެކިއެކި ފަރާތްތަކުން ބިންބިމާގުޅޭގޮތުން ހިންގާ އެންމެހާ މުއާމަލާތުތަކުގެ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް މޮނިޓަރކުރުން.
  22. އައްޑޫސިޓީގެ އަރބަން ރީޑެވެލޮޕްމަންޓް ޕްލޭން ތައްޔާރުކުރުމާއި އަރބަން ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި ހިމެނޭ އަރބަން އޭރިޔާތަކާއި ޚިދުމަތްދޭ މަރުކަޒުތަކާއި އިޤްދިޞާދީ، އިޖުތިމާޢީ ކަންކަމަށް ކަނޑައެޅިފައިވާ ސަރަހައްދު ހިމެނޭގޮތަށް އަރބަން ސަރަހައްދުގެ މާސްޓަރ ޕްލޭން ހަދާ، މައިގަނޑު އިންފްރާސްޓްރަކްޗަރތަކާއި ޚިދުމަތްތައް އިންޓެގްރޭޓް ކުރެވޭނެގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތް މޮނިޓަރކުރުން.
  23. ސިޓީގެ އަވަށްތަކުގެ ޗާޓްތައްކުރަހައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ބިން ދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި އިމާރާތާއި ގޯތި ރަޖިސްޓްރީކުރުމާއި ގޯތި ބަހައިދީ ރަޖިސްޓްރީކުރުމުގެ މަސައްކަތް މޮނިޓަރކުރުން
  24. ކުލީ ބިމުގެ ދަފްތަރު އެކުލަވާލައި ގަވާއިދުން ބެލެހެއްޓުން.
  25. ސިޓީގެ ހިންގޭ ޢުމްރާނީ ތަރައްޤީގެ ޕްލޭން އެކުލަވާލުމާއި އަދި ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 މަސް ކުރިން ކުރިއަށް އޮތް 5 އަހަރުގެ ޕްލޭން އެކުލަވާލުމާއި ތަރައްޤީގެ ޕްލޭން ރިވިއުކުރުމާއި ތަރައްޤީގެ ޕްލޭންގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް އަހަރަށް ކައުންސިލުން ހިންގާނެ ހަރަކާތްތަކުގެ ޕްލޭން އެކުލަވާލުމާއި ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު 2 މަހުން 1 މަހު އާއްމުކުރުމުގެ މަސައްކަތް މޮނިޓަރކުރުން.
  26. އައްޑޫސިޓީގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށްޓަކައި ހައުސިންގ ނީޑް އެސެސްމަންޓް ހަދައި، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އައްޑޫސިޓީގައި ޢިމާރާތް ކުރާ ފްލެޓްތައް ދޫކުރުމުގެ އެންމެހާ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އައްޑޫސިޓީގައި ދޫކުރެވޭ ރޯހައުސް ދޫކުރުމުގެ އެންމެހާ އިންތިޒާމް ހަމަޖެއްސުމާއި މޮނިޓަރކުރުން
  27. އައްޑޫސިޓީގެ އަވަށްތަކުގައި ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް މޮނިޓަރކުރުން.

މަޤާމުގެ ޝަރުތުތައް:

  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް (ޕްރިފަރޑް):

  • އިންޓަނޭޝަނަލް ރިލޭޝަންސް
  • ލޯ
  • ލީޑަރޝިޕް
  • ލައިބްރަރީ ސައިންސް
  • ލޯކަލް ގަވަރނަންސް
  • މެނޭޖްމަންޓް
  • މެރިން ސައިންސް
  • މާކެޓިންގ
  • އޮފީސް އެޑްމިނިސްޓްރޭޝަން
  • ޕޮލިސީ ސްޓަޑިޒް
  • ޕޮލިޓިކަލް ސައިންސް
  • ޕްރޮޖެކްޓު މެނޭޖުމަންޓު
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް މޭނޭޖްމަންޓް
  • ޕަބްލިކް ޕޮލިސީ
  • ޕަބްލިކް ރިލޭޝަންސް
  • ޝަރީޢާ އެންޑް ލޯ
  • ސޯޝަލް ސައިންސް
  • ސޯޝަލް ވޯރކް
  • ސޯޝިއޮލޮޖީ
  • ސްޕޯޓްސް މެނޭޖްމަންޓް
  • ސްޓެޓިސްޓިކްސް
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
  • އަރބަން ޕްލޭނިންގ
  • އާބަން ސްޓަޑީޒް
  • އެކައުންޓިންގ
  • އެޑްމިނިސްޓްރޭޝަން
  • އެގްރިކަލްޗަރަލް ސައިންސް
  • އެންތްރޯޕޮލޮޖީ
  • އާކިޓެކްޗަރ
  • ބިޒްނަސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ސިވިލް އިންޖިނިއަރިންގ
  • ކޮމާސް
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
  • ކޮމްޕިއުޓަރ ސައިންސް
  • ކައުންސިލް އެޑްމިނިސްޓްރޭޝަން
  • ކަލްޗަރ އެންޑް ހެރިޓޭޖް
  • ޑިމޮގްރަފީ
  • ޑިވެލޮޕްމަންޓް ސްޓަޑީޒް
  • އިކޮނޮމިކްސް
  • އެޑިއުކޭޝަން
  • އެންވަޔަރަންމެންޓަލް ސައިންސް
  • ފައިނޭންސް
  • ގަވަރނަންސް
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
  • ހިއުމަން ރިސޯސް
  • އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  މި އިދާރާގެ ވެބްސައިޓުން (http://adducity.gov.mv/uploads/1625028023.pdf) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
    (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
    (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
    (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
    (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
    (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން – %30
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް - %5
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) – %15
  6. ޕްރެޒެންޓޭޝަން - %10
  7. އިންޓަރވިއު - %30

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. އިންޓަރވިއު، އެސެސްމަންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމްލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން؛ އަދި
  2. ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 (ފަސްދޮޅަސް) ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެސެސްމެންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމެންޓް އޮންނާނީ 2024 ފެބުރުވަރީ 01 އާއި 2024 ފެބުރުވަރީ 29 އާ ދެމެދު އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

13  ރަޖަބު 1445

24 ޖަނަވަރީ 2024

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2024/40

ޕަބްލިޝް ކުރި ތާރީޚް: 24-01-2024