އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސ.ފޭދޫ ޤުރުއާން މުބާރާތް 1445 އާއި ގުޅޭ

24 ޖެނުއަރީ 2024     3 months ago


އިޢުލާން

    
ސ.ފޭދޫ ޤުރުއާން މުބާރާތް 1445 އާއި ގުޅޭ

  ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ފޭދޫ އަވަށު އޮފީހާއި ފޭދޫ ސްކޫލް ގުޅިގެން ބާއްވާ "ސ.ފޭދޫ ޤުރުއާން މުބާރާތް 1445" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފޭދޫ ސްކޫލް ދަރިވަރުންނަށް ޚާއްސަ ކެޓަގަރީއާއި ފޭދޫގެ ރަޖިސްޓަރީ ނަމަވެސް އެހެން ސްކޫލްތަކަށްދާ ދަރިވަރުންނަށް ޚާއްޞަ ކެޓަގަރީއެވެ. މުބާރަތުގެ ކިޔެވުން އޮންނާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުވެ. މުބާރާތް ހިންގޭނީ މިހާރު ރާއްޖޭގައި ކިޔަވައިދިނުމުގެ މަންހަޖު ރޭވިފައިވާގޮތަށް އަމާޒުކޮށް، "6 ކީސްޓޭޖް" އަށެވެ.

  • ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ – ޔޫ.ކޭ.ޖީ)
  • ކީސްޓޭޖް 1 (ގްރޭޑް 1 – 3)
  • ކީސްޓޭޖް 2 (ގްރޭޑް 4 – 6)
  • ކީސްޓޭޖް 3 (ގްރޭޑް 7 – 8)
  • ކީސްޓޭޖް 4 (ގްރޭޑް 9 – 10)
  • ކީސްޓޭޖް 5 (ގްރޭޑް 11 – 12)

މިމުބާރާތުގެ ވަނަ ހޮވާނީ ކޮންމެ ކެޓަގަރީއަކުންވެސް އަންހެން ފިރިހެން ވަކިން 1 ވަނަ، 2 ވަނަ އަދި 3 ވަނައެވެ. އެއީ ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ޚާއްސަ ކެޓަގަރީއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަދި ފޭދޫގެ ރަޖިސްޓަރީ ނަމަވެސް އެހެން ސްކޫލްތަކަށްދާ ދަރިވަރުންގެ ކެޓަގަރީ 1 ވަނަ، 2 ވަނަ އަދި 3 ވަނައެވެ.

މިމުބާރާތާއި ބެހޭ އުޞޫލާއި އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 31 ޖަނަވަރީ 2024ވަނަ ދުވަހު 14:00އެވެ. މުބާރާތާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާކުރުމަށް އަޙްމަދު މަމްދޫހު 7636649 އަށް ގުޅުވުން އެދެމެވެ.

ލިންކް: https://docs.google.com/forms/d/e/1FAIpQLScFB3CBVag1Vou5ouseddxoKf8dlYq0mjMGmsctb_JYomYnfA/viewform?fbclid=IwAR3I3kIE1XOYFF5igAYNQFKcc5teW3Co_PSdT7BlPvKmY-OBKBMPgccbz84

                        

12 ރަޖަބު 1445

24 ޖަނަވަރީ 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2024/38

ޕަބްލިޝް ކުރި ތާރީޚް: 24-01-2024

ސުންގަޑި: 2024-01-31 14:00:00