އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސް ބަޔާން - ބެޑްމިންޓަން އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމާއި ގުޅޭ

13 މާރޗް 2024     1 month ago


ނޫސް ބަޔާން

 

ބެޑްމިންޓަން އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމާއި ގުޅޭ

 

ބެޑްމިންޓަން އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި، އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާތީ މިކަން ވަރަށް އުފަލާއި އެކު ބަލައިގަންނަކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު އިދާރާއަކުން އިންތިޙާބީ އަހަރީ ޢާންމު ޖަލްސާއެއް އައްޑޫގައި ބޭއްވުމަށް ނިންމަވާފައިވާތީ އައްޑޫސިޓީ ކައުންސިލްގެ ނަމުގައި ޝުކުރުދަންނަވަމެވެ.

އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ބެޑްމިންޓަން ލާމަރުކަޒު ކުރުމާއި ގުޅިގެން މާލެއިން ބޭރުގައި ހުޅުވާ ފުރަތަމަ އޮފީސް އައްޑޫ ސިޓީގައި ހުޅުވުމަށް ނިންމަވާފައިވާތީ މިކަމުގެ އަގުވަޒަންކުރަމެވެ. އަދި މިކަމާއި ގުޅިގެން ކުރިއަށް އޮތްތަނުގައި އައްޑޫގެ ކުޅިވަރު ކުރިއަރައި، އައްޑޫގެ ބެޑްމިންޓަން މުޖުތަމަޢަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެތީވެ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.

03 ރަމަޟާން 1445

13  މާރިޗް  2024



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)426-B/426/2024/2

ޕަބްލިޝް ކުރި ތާރީޚް: 13-03-2024