އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަގުކޮނުމަށް ދޫކުރެވިފައިވާ ހުއްދަތައް ބާޠިލް ކުރުން

20 ޑިސެމްބަރ 2018     5 months ago


އިޢުލާން

 

އައްޑޫސިޓީގެ މަގުކޮނުމަށް އެކި ނަންނަމުގައި އެކި ފަރާތްތަކަށް ދޫކުރައްވާފައިވާ ހުއްދަތައް މިއަދުން ފެށިގެން ބާޠިލްކޮށްފީމެވެ. މި ފިޔަވަޅު އަޅަން ޖެހުނީ، އެކިފަރާތްތަކުން ތަފާތު ބޭނުންތަކުގައި މަގުތައް ކޮންނަމުންދާއިރު ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮނެ ދޫކޮށްލުމާއި، ކޮންނަ ކޯރުތައް ފަސްލުމުގައި އުޞޫލެއްނެތި ދޫކޮށްލެވުމުން ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ގެއްލުން ލިބެމުންދާތީ، މި މަސައްކަތަށް ޒިންމާދާރު ގޮތުގައި ހަރުދަނާ އުޞޫލު ތަކަކާއިއެކު ހުއްދަ ދިނުމުގެ ބޭނުމުގައެވެ.

ވީމާ، މި ވަގުތާއި ހަމަޔަށް އައްޑޫގެ މަގު ކޮނުމަށް ދޫކުރެވިފައިވާ ހުރިހާ ހުއްދަތައް ބާޠިލް ކުރެވުނީކަން އާންމުކޮށް އެންގުމާއެކު 23 ޑިސެންބަރު 2018 ވާ އާދިއްތަ ދުވަހުން ފެށިގެން އައްޑޫގެ މަގު ކޮނުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ކަނޑައެޅޭ އުޞޫލު ތަކެއްގެ ތެރެއިން ހުއްދަ ދެވޭނެކަން އާންމުކޮށް އެންގީމެވެ.

13 ރަބީޢުލް އާޚިރާ 1440

20 ޑިސެންބަރު 2018

 ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2018/118

ޕަބްލިޝް ކުރި ތާރީޚް: 20-12-2018

ސުންގަޑި: 2018-12-23 14:00:00