އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ނަލަފެހި އައްޑޫ" ސާފުކުރުމުގެ ޕްރޮގްރާމުގައި ނަން ނޯޓު ކުރުމަށް ހުޅުވާލުން

15 އެޕްރީލް 2019     5 years ago


އިޢުލާން

 

އައްޑޫސީޓީގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ސާފުތާހިރުކަމަށް ލޯބިކުރާ، ޚާއްސަގޮތެއްގައި ރަމަޟާން މަހަށް ސާފުކުރުމުގެ މަސައްކަތްކުރައްވާ ރައްޔިތެއް ދިރިއުޅޭ ސިޓީއެކެވެ.

އައްޑޫސިޓީގައި ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ސާފުކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ވެމްކޯއާއި އައްޑޫސިޓީ ކައުންސިލް އިދާރާއާއި ގުޅިގެން ވަނީ ކުނި ނަގާ ދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖައްސާފައެވެ.

ރަމަޟާންމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ މަސައްކަތާއި ގުޅިގެން އުކާލަންޖެހޭ ކުނި އުކާލުމަށް އެދޭ ފަރާތްތަކަށް އެ ގޭބީސީއެއް ހިމެނޭ އަވަށެއްގެ އަވަށު އޮފީހުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ޕްރޮގްރާމްގެ ދަށުން ކުނި ނަގާ ދިނުމަށް ހަމަޖެހިފައިވަނީ ނަން ނޯޓު ކުރާ ކޮންމެ ގޭބީސީ 01 (އެކެއް) ދުވަހުއެވެ. މި ޕްރޮގްރާމްގެ ދަށުން ކުނިނެގުމަށް އެދޭ ފަރާތްތަކުން ކުނި ޖަމާކުރައްވާނީ ފަސޭހައިން ކުނި ނެގޭނެ ގޮތަށެވެ.

ނަން ނޯޓުކުރުމުގެ ސުންގަޑި:

16 އެޕްރީލް 2019 ވާ އަންގާރަ ދުވަހުން ފެށިގެން 25 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި

ކުނި ނެގުމަށް ހަމަޖެހިފައިވާ މުއްދަތު:

22 އެޕްރީލް 2019 އިން 02 މޭއި 2019 ގެ ނިޔަލަށް

ވީމާ، ވެމްކޯއާއި ކައުންސިލް އިދާރާ ގުޅިގެން ހިންގަވާ ޕްރޮގްރާމްގެ ދަށުން ކުނިނެގުމަށް އެދޭ ގޭބީސީތަކުން އެގޭބީސީއެއް ހިމެނޭ އަވަށުގެ އަވަށު އޮފީހުގައި ނަން ނޯޓުކުރެއްވުމަށް އާންމުކޮށް އިޢުލާން ކުރީމެވެ.

10 ޝަޢުބާން 1440

15 އޭޕްރީލް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/111

ޕަބްލިޝް ކުރި ތާރީޚް: 15-04-2019

ސުންގަޑި: 2019-04-25 14:00:00