އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި މަތީތައުލީމު ދިނުމަށް އިންސްޓިޓިއުޝަނެއް ގާއިމުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

13 ޖޫން 2019     4 years ago


އިޢުލާން

 

އައްޑޫގެ ތަރައްޤީގެ ޕްލޭންގައިވާ ތައުލީމީ ސިޔާސަތު ހާސިލްކުރުމަށް މަސައްކަތް ކުރުމަށް، 2019 އޭޕްރީލް 29 ވަނަ ދުވަހު އޮތް ކައުންސިލްގެ 91 ވަނަ ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. ކައުންސިލުން ނިންމަވާފައިވަނީ މި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިދޭ ގޮތަށެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 ޖޫން 17 އިން 23 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ބަލައިގަތުން އޮންނާނީ 2019 ޖޫން 30 ވަނަ ދުވަހު މެންދުރު 11 ޖަހާއިރު ކައުންސިލްގެ އިދާރާގައެވެ.

ބިން ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. މި މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ:

5 ހާސް އަކަފުޓްގެ 2 ބިން (ޕްލޮޓް1)

10 ހާސް އަކަފޫޓްގެ 1 ބިން (ޕްލޮޓް 2)

25 ހާސް އަކަފޫޓްގެ 1 ބިން (ޕްލޮޓް 3)

------------------------------------

10 ޝައްވާލް 1440

13 ޖޫން 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/185

ޕަބްލިޝް ކުރި ތާރީޚް: 13-06-2019

ސުންގަޑި: 2019-06-23 12:00:00