އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑަބްލިއުޑީސީ އިން ހިންގާ "ރަނގަޅުކާނާއި ދުޅަހެޔޮ ސިއްޙަތު ވޯރކް ޝޮޕް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

17 ޖުލައި 2019     4 months ago


އިޢުލާން    

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ 50 ބައިވެރިންނަށް ރަނގަޅުކާނާއި ދުޅަހެޔޮ ސިއްޙަތު ވޯރކް ޝޮޕް ހިންގަން ބޭނުންވެއެވެ. މި ވޯރކް ޝޮޕް ކުރިއަށްދަނީ އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައެވެ. އެގޮތުން، ހުޅުދޫ އާއި މީދޫ މި 2 އަވަށަށް 1 ކްލާސް އަދި ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ މި 4 އަވަށަށް 1 ކްލާސް ނަގާގޮތަށެވެ. މި ކޯސް ރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

- ކޯސް ކުރިޔަށް ގެންދާނެގޮތް.

- ކޯހުގެ މުއްދަތު.

- ކޯސް ހިންގައިދޭނޭ އަގު.

 

މާރކްސް ދެވޭނެގޮތް :

- އަގު %30

- ތަޖުރިބާ %30

- މުއްދަތު %20

- ހުށަހެޅުން %20

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 ޖުލައި 2019 ވާ އާދީއްތަދުވަހުގެ 13:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް   [email protected]   އަށްވެސް ފޮނުވިދާނެއެވެ.

 

11 ޛުލްޤަޢިދާ  1440   

14 ޖުލައި    2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/230

ޕަބްލިޝް ކުރި ތާރީޚް: 17-07-2019

ސުންގަޑި: 2019-07-21 13:00:00