އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭޕީސީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

8 އޯގަސްޓް 2019     4 years ago


އިޢުލާން

 

  1. ޖަލްސާގެ ދަޢުވަތު

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް މި ކޯޕަރޭޓިވް ސޮސައިޓީގެ އެންމެހައި މެމްބަރުންނަށް ދަޢުވަތު އަރުވަމެވެ.  ކޯޕަރޭޓިވް ސޮސައިޓީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 31 އޮގަސްޓް 2019 ވާ ހޮނިހިރު ދުވަހުގެ 20:30 ގައި، އައްޑޫ ސިޓީ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ.

  1. ޖަލްސާގެ މަޤްޞަދު

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަކީ، ދިވެހި ރާއްޖޭގެ ޤާނޫން ނަންބަރ 2007/3 "ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު" ގެ 22 ވަނަ މާއްދާ އާއި އަދި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ޤަވާއިދުގެ 31 ވަނަ މާއްދާގެ ދަށުން، ބަޔާންކުރެވިފައިވާ އެޖެންޑާއާއި އެއްގޮތަށް ކުރިއަށް ގެންދެވޭ ބައްދަލުވުމުކެވެ.

  1. ޖަލްސާގެ އެޖެންޑާ
  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  2. އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  3. އޮޑިޓް ރިޕޯޓާމެދު މަޝްވަރާކުރުން
  4. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ފާސްކުރުން
  5. އަހަރީ ރިޕޯޓާމެދު މަޝްވަރާ ކުރުން
  6. ހިންގާ ޤަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން
  7. ހިންގާ ކޮމެޓީގެ މެމްބަރުން އިންތިޙާބުކުރުން
  8. ސޮސައިޓީގެ ހިސާބުތައް އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުން
  9. ސާފު ފައިދާ ބަހާނެ ނުވަތަ އިންވެސްޓް ކުރާނެ ގޮތެއް ކަނޑައެޅުން
  10. ސޮސައިޓީގެ މަސައްކަތާއި މުސްތަޤްބަލުގައި ސޮސައިޓީން ކުރަން ޤަސްދުކުރާ ކަންތައްތަކާދޭތެރޭ މަޝްވަރާ ކުރުން

 

  1. ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ  މެމްބަރުންގެ ތެރެއިން 18 ޖުލައި 2019 ވަނަ ދުވަހުގެ ނިޔަލަށް މިކޯޕަރޭޓިވްގެ މެމްބަރެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތަކަށެވެ.

 

  1. ޕްރޮކްސީ ހުށަހެޅުން

އާންމު މެމްބަރެއްގެ ބަދަލުގައި އެހެން ފަރާތެއް ކަނޑައަޅުއްވަން ބޭނުންފުޅުވާނަމަ އެކަން ލިޔުމުން ކޯޕަރޭޓިވް ސޮސައިޓީއަށް އަންގަވާ ދެއްވާ، ބަދަލުގައި ކަނޑައަޅުއްވާ ފަރާތެއްގެ ފުރިހަމަ މަޢުލޫމާތު ހިމަނުއްވާ 25 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:30 ގެ ކުރިން ކޯޕަރޭޓިވްގެ އޮފީހަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

  1. ހިންގާ ޤަވާއިދަށް އިޞްލާޙު ހުށަހެޅުން

           އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ޤަވާއިދަށް އިޞްލާޙު ހުށަހަޅުއްވަން ބޭނުންފުޅުވާ މެމްބަރުން، އެއިޞްލާޙުތައް ތަފްޞީލުކޮށް އެނގޭނެހެން 25 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:30 ގެ ކުރިން ކޯޕަރޭޓިވްގެ އޮފީހަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

  1. ކުރިއަށް އޮތް ދައުރަށް ހިންގާ ކޮމެޓީއަށް މެމްބަރުން ޢައްޔަންކުރުން އަދި އިންތިހާބުކުރުން

ކުރިއަށް އޮތް ދައުރަށް މިކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ކޮމެޓީއަށް އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އައްޔަން ކުރައްވާފައިވަނީ:

  1. އަލްފާޟިލް ޤައިސް ނަސީރު، ސީވިއު / ސ.ހިތަދޫ
  2. އަލްފާޟިލް އަޙުމަދު ރަޝީދު، ބީޗް ހެވަން / ސ.މަރަދޫ
  3. އަލްފާޟިލް ޝާފިޢު ޖަމީލް، ޖަޒީރާ / ސ.ހިތަދޫ
  4. އަލްފާޟިލް މުސްތަންސިރު މުސްތަފާ، ގަސްދޮށުގެ / ސ.ހިތަދޫ

ކުރިއަށް އޮތް ދައުރަށް އާންމު މެމްބަރުންގެ ތެރެއިން ހިންގާ ކޮމެޓީއަށް އިންތިޙާބުކުރާ 10 މެމްބަރުންގެ ނަން ހުށަހެޅުމާއި ތާއީދުހޯދުން އަދި ވޯޓުނެގުން އޮންނާނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ޤަވާއިދުގެ 50، 51 އަދި 52 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅައިގެންނެވެ. މީގެ އިތުރުން ހިންގާ ޤަވާއިދުގެ 50 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ހިންގާ ކޮމެޓީގެ މަޤާމުތަކަށް މެމްބަރުން އިންތިޙާބުކުރުންވެސް މިޖަލްސާގައި ކުރިއަށް ދާނެއެވެ.

 

08 އޮގަސްޓް 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)APC/2019/05

ޕަބްލިޝް ކުރި ތާރީޚް: 08-08-2019

ސުންގަޑި: 2019-08-31 20:30:00