އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބައުތަކެތި ނީލަން ކިއުން

4 ނޮވެމްބަރ 2019     1 week ago


އިޢުލާން

 

ދަރުބާރުގެ(އީސީސީ)ން ނަގައިގެން ގެނެސް ހިތަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި ބަހައްޓާފައިހުރި  (ޢިމާރާތުން ނައްޓާފައިވާ ތަށިމުށި، އެއަރކަންޑިޝަން ޑަކް،ކޮންޓިއުޓް ހޮޅި،ސީލިންގ ފްރޭމް) ފަދަ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  ދުވަހުގެ 10:00 ގައި އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެދުވަހަކު 8.00 އިން 14.00 އާއި ދެމެދު ކައްންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން ކާމިޔާބުކުރުމަށްފަހު ރަސްމީ ބަންދުނޫން 3ދުވަހުގެތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަވަންވާނެއެވެ.

ވީމާ ،މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

03 ރަބިޢުލް އައްވަލު  1441

31 އޮކްޓޯބަރ 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/405

ޕަބްލިޝް ކުރި ތާރީޚް: 04-11-2019

ސުންގަޑި: 2019-11-14 10:00:00