އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

21 ނޮވެމްބަރ 2019     4 years ago


އިޢުލާން

 

 

އައްޑޫސިޓީ އިން ފަތުރުވެރިކަމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ހުއްދަ ދިން ބިންތަކާމެދު މީގެ ކުރިންވެސް ކައުންސިލްގެ ފަރާތުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް މީދޫ އަވަށުން ބީލަމަށް ހުޅުވާލި ބިންތަކާއި މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކައުންސިލުން ނިންމަވާފައިވަނީ މީދޫގެ ރައްޔިތުންނާ އަލުން ބައްދަލުކޮށް މަޝްވަރާ ހޯދުމަށެވެ. 

މިބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހު، ހެނދުނު 10:00 ޖަހާއިރު، ސ. އަތޮޅުމަދަރުސާގައެވެ.  

ވީމާ، މިބައްދަލުވުމަށް މީދޫގެ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.  

24 ރަބީޢުލްއައްވަލް 1441

21  ނޮވެމްބަރ  2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/428

ޕަބްލިޝް ކުރި ތާރީޚް: 21-11-2019

ސުންގަޑި: 2019-11-21 10:00:00