އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފަޤީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

8 ސެޕްޓެމްބަރ 2020     2 weeks ago


އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

މިހާރު އެކުލަވާލެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށްއެދި 2020 ގައި ހުޅުވާލި ފުރުސަތުގައި އައްޑޫސިޓީގެ ހިތަދޫ،މަރަދޫ،މަރަދޫފޭދޫ އަދި ފޭދޫ އަވަށުން ހުށަހަޅުއްވާ ފައިވާފައިވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިވެލުއޭޓް ކުރެއްވުމަށްފަހު  އެކުލަވާލެއްވި ޝަރުތު ހަމަނުވާފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 08 ސެޕްޓެންބަރ 2020 އިން 13 ސެޕްޓެންބަރ 2020 ދުވަހުގެ މެންދުރު 12.00އާ ހަމައަށް ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާފައިވާ ފަރާތްތައް އެއަވަށެއްގެ އަވަށުއޮފީނުން އެނގެން ހުންނާނެއެވެ.                                                                                

ވީމާ، އެމީހަކު ފޯމް ހުށަހެޅުއްވި އަވަށެއްގެ އަވަށުއޮފީހަށް ވަޑައިގެން ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނިފައިނުވާނަމަ ކަނޑައެޅިފައިވާ މުއްދަތުގައި ސިޓީއަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅުއްވާ ޝަކުވާގެ ސިޓީއަށް ޢަމަލުކުރެވެން ނޯންނާނެވާހަކަވެސް ދެންނެވީމެވެ.

20  މުޙައްރަމް  1442

08 ސެޕްޓެންބަރ 2020ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/269

ޕަބްލިޝް ކުރި ތާރީޚް: 08-09-2020

ސުންގަޑި: 2020-09-13 12:00:00