އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގެ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ ޑީ ގައި ހިމެނޭ 32 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ޢާންމުކުރުން

9 ނޮވެމްބަރ 2020     3 years ago


އިޢުލާން

ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ ޑީ ގައި ހިމެނޭ 32 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ޢާންމުކުރުން

  ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީ.ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 835 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކުގައި ޢާންމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއިމިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ޙަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ އުޞޫލާ އެއްގޮތަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

ހިތަދޫގެ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ ޑީ ގައި ހިމެނޭ 32 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް

 23 ރަބީއުލްއައްވަލު 1442

09 ނޮވެންބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/348

ޕަބްލިޝް ކުރި ތާރީޚް: 09-11-2020

ސުންގަޑި: 2020-11-09 14:00:00