އައްޑޫސިޓީ ކައުންސިލްގެ އިދާރާ

" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތް

16 ނޮވެމްބަރ 2020     3 years ago


އިޢުލާން

" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތް

 

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  " އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " ގެ ނަމުގައި ފުޓްބޯޅަ މުބާރާތް 08 ޖަނަވަރީ 2021 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް 18 ނޮވެންބަރު 2020 ވާ ބުދަ ދުވަހުން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ، ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެއެވެ.

ވީމާ، " އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތުގައި ބައިވެރިވުމަށް އެދޭ " ސްޕޯޓްސް ކޮމިޝަން " ގައި ރަޖިސްޓްރީވެފައިވާ ކުލަބް ޖަމްޢިއްޔާތަކުން ފޯމު ފުރިހަމަ ކުރައްވައި 15 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅުއްވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމް ލިސްޓް 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙުމަދު ވަހީދު (7859566) އަށް ގުޅުއްވުން އެދެމެވެ.

01 ރަބީޢުލްއާޚިރު  1442

16 ނޮވެންބަރު    2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/356

ޕަބްލިޝް ކުރި ތާރީޚް: 16-11-2020

ސުންގަޑި: 2020-12-31 14:00:00