އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫގައި ކްރައިމް ޕްރިވެންޝަން ޕްރޮގްރާމެއް ހިންގުމާއި ގުޅޭ

26 ނޮވެމްބަރ 2020     3 years ago


އިޢުލާން

 

ކްރައިމް ޕްރިވެންޝަން ޕްރޮގްރާމެއް ހިންގުމާއި ގުޅޭ

 

ހިތަދޫ އަވަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ކްރައިމް ޕްރިވެންޝަން ޕްރޮގްރާމެއް 30 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ސ.ހިތަދޫ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުށް މަދު އަދި އަމަން އަމާން ވެއްޓެއްގެ ގޮތުގައި ބޭއްވުމެވެ.

އަދި ޒުވާނުންނަށް މިފަދަ ޕްރޮގްރާމްއެއް ޚާއްޞަ ކުރެވިގެންދަނީ، ހިތަދޫއަކީ އާބާދީ ބޮޑު ރަށަކަށް ވެފައި ކުށްމަދު ވެއްޓެއް ޤާއިމްކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދެވޭނީ ރަށުގެ ޒުވާނުންގެ ޚިޔާލާއި މަޝްވަރާއާއި އެއްބާރުލުން  ލިބިގެން ކަމަށްވާތީއެވެ. މިޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިސްސަރވިސްގެ ބޭފުޅުންނެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން ނަމާއި ގުޅޭނެ ނަންބަރު  29 ނޮވެންބަރ 2020 ގެ 12:00 ގެ ކުރިން 7789042 އަށް މެސެޖް ނުވަތަ ވައިބަރކޮށް ދެއްވުން އެދެމެވެ.

11 ރަބީޢުލްއާޚިރު 1442

26 ނޮވެންބަރ  2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2020/371

ޕަބްލިޝް ކުރި ތާރީޚް: 26-11-2020

ސުންގަޑި: 2020-12-29 12:00:00