އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ކްރޫސް ޓަރމިނަލް އާއި މެރީނާއެއް ޤާއިމު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

16 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި ކްރޫސް ޓަރމިނަލް އާއި މެރީނާއެއް ޤާއިމު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،އައްޑޫ ސިޓީގައި ކްރޫސް ޓާރމިނަލް އާއި މެރީނާއެއް ގާއިމުކުރާނެ ސަރަޙައްދު ކަނޑައަޅައި 2021 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގައި ނިންމާފައިވުމާއި ގުޅިގެން، ކްރޫސް ޓަރމިނަލް ޤާއިމު ކުރުމުގެ މަސައްކަތް ހިންގުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭތީ، އައްޑޫސިޓީ ފޭދޫ މާދެލަފަންނުން ގަމާއިވީކޮޅަށް، ފޭދޫ ލިންކްރޯޑުގެ އިރުން ހިއްކާފައިވާ ސަރަހައްދުން ގަމުގެ ކޯޒުވޭ ހިސާބަށް އޮތް ސަރަޙައްދުގެ 90000ސްކުއަރ މީޓަރ ބިން ކްރޫޒް ޓަރމިނަލް ( 2 ކްރޫސް ޝިޕް އެލޯންގސައިޑް ކުރެވޭގޮތަށް) އަދި ކޮމާޝަލް ބޭނުންތަކަށާއި، އެންޓަރޓެއިންމެންޓް ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތަށް މިސަރަޙައްދު ތަރައްޤީ ކުރުމާއި،

80000ސްކްއަރ މީޓަރ ސަރަޙައްދުގައި ( މޫދު ހިމަނައިގެން) 100 ބާރތުގެ ޔޮޓްމެރީނާ އެއް ތަރައްޤީކުރުމާއި، ފޭދޫގެ އިރުމަތީ ކޮޅުގައި ( ފުޓް ބޯޅަ ދަނޑު އޮތް ތަކުގައި) 100 ކޮޓަރީގެ ސިޓީ ހޮޓެލް އަދި ޔޮޓް ކްލަބް ހިމަނައިގެން ފަތުރުވެރި ކަމުގެ ސިނާއަތުގެ ކޮމާޝަލް ކަންކަމަށް މިސަރަހައްދު ތަރައްޤީކުރުމަށް ފެންނަކަމަށާއި،

އިސްވެ ބަޔާން ކުރެވުނު ކަންކަން ހިމެނޭ ގޮތަށް އައްޑޫސިޓީގައި ކްރޫސް ޓާރމިނަލް އާއި މެރީނާ އެއް ޤާއިމު ކުރުމުގެ މަސައްކަތް ޑިޒައިން ބިލްޑް އެންޑް އޮޕަރޭޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/089

ތާރީޚް: 16 ސެޕްޓެމްބަރ 2021