އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ގަނެފައިވާ އޭ.ޕީ.ސީގެ ޙިއްސާ %20 އަށް ދަށް ކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން %31 ޙިއްސާއާއި މެދު ގޮތެއް ކަނޑައެޅުން.

29 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލުން ގަނެފައިވާ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ގެ 51 އިންސައްތަޙިއްސާ 20 އިންސައްތައަށް ދަށް ކުރުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމާއި ގުޅިގެން 31 އިން ސައްތަ ޙިއްސާއާއި މެދު ގޮތެއް ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލުން ގަނެފައިވާ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ 51 އިންސައްތަ ޙިއްސާ، 20 އިންސައްތައަށް ދަށް ކުރުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމާއި ގުޅިގެން، 31 އިންސައްތަ ޙިއްސާއާއިމެދު ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާ ގޮތަކީ، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ ސޯލާ ވިޔަފާރި ބްރޭންޑް "އަވިން" ހިމަނައި، 31އިންސައްތަ ޙިއްސާ ކައުންސިލަށް ނެގުމަށް އެ ކޯޕަރޭޓިވްއަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/099

ތާރީޚް: 29 ސެޕްޓެމްބަރ 2021