އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ފްރެޝް އިން ދައްކަންޖެހޭ ކުލި އަދި ޖޫރިމަނާގެ ފައިސާ ހޯދުމާއިމެދު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ

25 ނޮވެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/130

ބޭއްވުނު ތާރީޚް:25 ނޮވެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 40 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 26 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑާއި މިއިދާރާއާއި ދެމެދު ވެފައިވާ ނަމްބަރު އެއްބަސްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލަށް މިހާތަނަށް ދައްކަންޖެހޭ ކުލީ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމާއިމެދު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން (ލީގަލް ޔުނިޓް)   

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އައްޑޫސިޓީ ކައުންސިލުން ފުރިހަމަކުރަންޖެހޭ އިޖުރާތްތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށްފަހު މި އިޖުރާތްތައް ފުރިހަމަވެފައިވާނަމަ ކައުންސިލަށް ލިބެންޖެހޭ ފައިސާއަކާއި ޖޫރިމަނާ ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށައަޅައިގެން ކުރިއަށް ދިޔުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ހުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/130

ތާރީޚް: 25 ނޮވެމްބަރ 2021