އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މާޤާމަށް އަލްފާޟިލް މުޙައްމަދު ޝުޖާއު އައްޔަންކުރުމަށް ކައުންސިލު ފާސްކުރުމަށް ހުށަހަޅާ މައްސަލަ

1 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/138

ބޭއްވުނު ތާރީޚް: 08  ޑިސެމްބަރ 2021

ޖަލްސާ: 2021  ވަނަ އަހަރުގެ 05 ވަނަ ކުއްލި ޖަލްސާ(4ވަނަ ކައުންސިލްގެ 05 ވަނަ ކުއްލި ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މާޤާމަށް މީހަކު އައްޔަންކުރުމާއި ގުޅޭގޮތުން ލާމަރުކަޒީ ޤާނޫނުގެ 126 ވަނަ މާއްދާ އާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 59-1 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 38 ވަނަ މާއްދާ އާއި އެއްގޮތްވާގޮތުގެމަތިން އެކުލަވާލެވިފައިވާ "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021" ގެ 13 ވަނަ މާއްދާގެ (އ) އާއި އެއްގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ފުރިހަމަކުރަންޖެހޭ އިޖުރާއްތައް ނިމިފައިވުމާއެކު ލާމަރުކަޒީ ޤާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން އަމަލުކުރެއްވުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަންގެ 188-POD/426/2021/40 ނަންބަރ ސިޓީއިން އައްޑޫ ސިޓީކައުންސިލްގެ ލަފައެއް ހޯދުމަށް އެދިފައިވާތީ، މިމައްސަލަ އާއި ގުޅިގެން އައްޑޫ ސިޓީކައުންސިލުން ގޮތެއްނިންމައި، ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އެންމެ މަތިން ޕޮއިންޓް ލިބިގެން އެންމެ ޤާބިލް ފަރާތްކަމުގައި ހޮވިފައިވާ އަލްފާޟިލް މުޙައްމަދު ޝުޖާއު މަޤާމަށް އައްޔަންކުރުމަށް ކައުންސިލު ފާސްކުރުމަށް ހުށަހަޅާ މައްސަލަ.  

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސެއިން ފަޢިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

            "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސިވިލް ސާވިސް ކޮމިޝަންގެ 188-POD/426/2021/40 ނަންބަރ ސިޓީ އާއި ހަވާލާދީ 426-B/188/2021/30 ނަންބަރ ސިޓީއިން މޭޔަރ އެދިލައްވާފައިވާގޮތަށް 15 ޑިސެމްބަރ 2021 ގެ ނިޔަލަށް މުއްދަތު އިތުރުކުރުމާއިމެދު ކައުންސިލުން ނިންމާ ގޮތެއްގެމަތިން ކުރިއަށް ގެންގޮސްދިނުން ރަގަޅުކަމަށް އެކޮމިޝަންގެ 188-POD/426/2021/41 ނަންބަރު ސިޓީއިން ޖަވާބު ދެއްވާފައިވާތީ އާއި،

ލާމަރުކަޒީ ޤާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ސިޓީކައުންސިލް ތަކުގެ ސެކްރެޓަރީ ޖެނަރަލް އައްޔަން ކުރަންވާނީ ކައުންސިލްގެ ލަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުން ކަމުގައިވާތީ އާއި،

"ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021" ގެ 13 ވަނަ މާއްދާގެ (އ) އާއި އެއްގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ފުރިހަމަކުރަންޖެހޭ އިޖުރާތްތައް އެކޮމިޝަނުން ފުރިހަމަކުރައްވައި ކައުންސިލްގެ ލަފައެއް ހޯދުމަށް ސިވިލް ސާވިސް ކޮމިޝަންގެ 188-POD/426/2021/40 ނަންބަރ ސިޓީއިން އެދިފައިވާތީ އާއި،

އައްޑޫސިޓީ ކައުންސިލްގައި ސެކްރެޓަރީ ޖެނަރަލް އައްޔަންކުރެވިފައި ނެތުމާއެކު ކައުންސިލް އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފު އަދި މާލީ ޒިންމާދާރު ވެރިޔާގެ ދައުރު އަދާކުރުމަށް ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި މުވައްޒަފަކާއި ހަވާލުކޮށް ގިނަދުވަސް ވަމުންދާތީ އާއި،

ލާމަރުކަޒީ ޤާނޫނުގެ 107-2 ވަނަ މާއްދާ އާއި އެއްގޮތަށް އައްޑޫ ސިޓީގެ ޑިވެލޮޕްމެންޓް ޕްލޭނާއި އަދި ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމަށް ޤާނޫނުގައި ބަޔާންކުރެވިފައިވާ މުއްދަތު ފަހަނަޅާފައިވުމާއެކު އެމަސައްކަތް އަވަސްކުރުމުގެ ގޮތުން ލާމަރުކަޒީ ޤާނޫނުގެ 126 ވަނަ މާއްދާގެ (ށ) ގެ 7 ވަނަ ނަމްބަރުގައިވާގޮތަށް އެމަސައްކަތް ކުރުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އަދި ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާ އާއި އެއްގޮތަށް ވަކިމުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ސީދާ ޤާނޫނުން ލާޒިމްކުރާ މަސައްކަތެއްކަން އެނގެން އޮންނާތީއާއި، އެމަސައްކަތް ޤާނޫނުގައިވާގޮތަށް ކުރެވޭކަން ކަށަވަރުކުރުމަކީ މޭޔަރ އަދާކުރައްވަންޖެހޭ ވާޖިބެއްކަން ލާމަރުކަޒީ ޤާނޫނުގެ 46 ވަނަ މާއްދާގެ (ކ) އިން އެނގެން އޮންނާތީ އާއި، އެމަސައްކަތުގައި ކައުންސިލަރުން އަމަލީގޮތުން ބައިވެރިވާންޖެހޭކަން ލާމަރުކަޒީ ޤާނޫނުގެ 48 ވަނަ މާއްދާގެ (ރ) އިން އެގެން އޮތްނަމަވެސް އެފަދަ މާހައުލެއް ފެންނާން ނެތުމާއެކު، އިސްވެ ފާހަގަކުރެވުނު ޕްލޭންތައް އެކުލަވާލުން އަވަސްކުރަންޖެހޭތީ އާއި،

ލޯކަލް ކައުންސިލްތަކުގެ އާއްމު އިޖުރާއީ ގަވާއިދު 9 ނޮވެމްބަރ 2021 ގައި ގެޒެޓްކުރެވިފައިވާތީ އެގަވާއިދާއި އެއްގޮތަށް އައްޑޫ ސިޓީކައުންސިލްގެ އިދާރީ އޮނިގަނޑު އިސްލާޙްކޮށް، އިދާރާގެ މަސައްކަތް ތަރުތީބުކޮށް ހަރުދަނާކުރަން ޖެހޭކަމަށް ފެންނާތީއާއި

ކައުންސިލްގެ މަޤްޞަދުތައް ހާޞިލްކުރުމަށް ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން ކައުންސިލްގެ އާމްދަނީ އިތުރުކުރުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޙިދުމަތްތައް އައްޑޫސިޓީ ކައުންސިލްގެ ސާވިސް ޗާޓަރ އާއި އެއްގޮތަށް ކުރިއަށް ގެންދިއުމުގައި ދާއިމީ ސެކްރެޓަރީ ޖެނަރަލްގެ ދައުރު އަދާކުރަންޖެހޭކަން ފާޅުކަންބޮޑުކޮށް ފެންނާން އޮންނާތީވެ އައްޑޫސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އައްޔަންކުރުމަށް ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ހުށަހަޅާފައިވާ އަލްފާޟިލް މުޙައްމަދު ޝުޖާއު އެމަޤާމަށް އައްޔަންކުރުމަށް ކައުންސިލަށް ފެންނަކަމަށް ފާސްކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހީމް ޝިނާޒު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 04 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/138

ތާރީޚް: 1 ޑިސެމްބަރ 2021