އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫމީދޫ ހެލްތް ސެންޓަރގެ އެކްސްޓެންޝަން ޕްކޮޖެކްޓްގެ ފިނިޝިންގ މަސައްކަތް އިޢުލާންކުރުމުގެ މަރުހަލާ ހުއްޓިފައިވާތީ ހުށަހަޅާ މައްސަލަ

15 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/142

ބޭއްވުނު ތާރީޚް:15 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 29 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

   ހުޅުދޫމީދޫ ހެލްތް ސެންޓަރގެ އެކްސްޓެންޝަން ޕްކޮޖެކްޓްގެ ފިނިޝިންގ މަސައްކަތް އިޢުލާންކޮށް ބަޔަކާއި ޙަވާލުކުރުމުގެ މަރުހަލާ ހުއްޓިފައިވާތީ އެ މަސައްކަތް އަވަސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ފައިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލުން ނިންމަންޖެހޭ މަސައްކަތެއް އޮތްނަމަ ތިން ދުވަސްތެރޭގައި އެމަސައްކަތެއް ނިންމުމަށާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ބޯޑާއި ހެލްތް މިނިސްޓްރީ އަދި ރައީސުލްޖުމްހުރިއްޔާގެ ސަމާލުކަމަށް ގެނެސް ވީ އެންމެ އަވަހަކަށް މަސައްކަތް ފެށޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/142

ތާރީޚް: 15 ޑިސެމްބަރ 2021