ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2021/152 |
|
ބޭއްވުނު ތާރީޚް: 30 ޑިސެމްބަރ 2021 |
ޖަލްސާ: 2021ވަނަ އަހަރުގެ 45 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 31 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލުން އެކިއެކި ކުންފުނިތަކާއި ކޯޕަރޭޝަންތަކަށް ބިން ހަމަޖައްސައި ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން ބިން ހަވާލުކޮށް އެކުލަވާލަންޖެހޭ ކުލީ ބިންތަކުގެ އެއްބަސްވުންތަކުގެ މުއްދަތާއި އަދި ކުއްޔާއި މެދު ގޮތެއް ނިންމަވައިދެއްވުން އެދި ހުށަހަޅާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި ކައުންސިލުން އެކިއެކި ކުންފުނިތަކާއި ކޯޕަރޭޝަންތަކަށް ބިން ހަމަޖައްސައި ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން ބިން ހަވާލުކޮށް އެކުލަވާލަންޖެހޭ ކުލީ ބިންތަކުގެ އެއްބަސްވުންތަކުގެ ތެރެއިން ކައުންސިލް ނަމްބަރ 426-B(3)/2021/60 ނިންމުމާއި ގުޅިގެން އުރީދޫ މޯލްޑިވްސްއާއި އެކު އެކުލަވާލަންޖެހޭ އެއްބަސްވުމާއި، ކައުންސިލް ނަމްބަރ 426-B(4)/2021/043 ނިންމުމާއި ގުޅިގެން ދިރާގާއި އެކު އެކުލަވާލަންޖެހޭ އެއްބަސްވުމާއި ކައުންސިލް ނަމްބަރ 426-B(3)/2021/031 ނިންމުމާއި ގުޅިގެން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއާއި އެކު އެކުލަވާލަންޖެހޭ އެއްބަސްވުން އެކުލަވާލުމުގައި، ކައުންސިލުން ނިންމާފައިވާ ކުއްޔާއި އެއްގޮތަށް އެއްބަސްވުން އެކުލަވާލުމަށާއި އަދި މި އެއްބަސްވުންތައް ހެދޭ އެންމެ ދިގު މުއްދަތަކަށް 20 އަހަރުދުވަސް ކަމުގައި ކަނޑައެޅުމަށް “ ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލުން އެކުލަވާލަންޖެހޭ ކުލީ ބިންތަކުގެ އެއްބަސްވުންތަކުގެ މުއްދަތާއި އަދި ކުއްޔާއި މެދު ގޮތެއް ނިންމަވައިދެއްވުން އެދި ހުށަހަޅާ މައްސަލަ